ޤައުމީ ތަރައްޤީގެ ކަންކަމަށްް ބަޖެޓްކުރުމުގައި ޢަދުލުވެރި ސިޔާސަތެއް ގެންގުޅެންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ޚިޔާލުފާޅުކުރަށްވަމުން ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ތަޢުލީމު ދޭ ދައުލަތުގެ މުއައްސަސާތަކާއި މިސްކިތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ މަރުކަޒުތަކާއި ގުޅޭ ކަންކަމަށް ދައުލަތުން އެކަށީގެންވާ ބަޖެޓެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

އަދި ޤައުމީ ތަރައްޤީގައި ކަންކަމަށްް ބަޖެޓްކުރުމުގައި ވަޒަންހަމަ ޢަދުލުވެރި ސިޔާސަތެއް ގެންގުޅުމަކީވެސް މުހިންމު ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ މިކަންކަން ޤައުމީ ފެންވަރުގައި ބަލިކަށި ވިޔަ ނުދީ ނެގެހެއްޓުނަމީ ޤައުމާއި ދީނުގެ ޙައްޤުގައި އަދާކުރަންޖެހޭ ވާޖިބެއްކަމަށެވެ.



އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން އިޖްތިމާއީ އަދި ދީނީ ހިދުމަތްތައް ދިނުމަށް ކަނޑައަޅާފައިވަނީ 273 މިލިއަން ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު