ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ޗެކް ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަމްބަރު ދިމާނުވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސުވާލު އުފައްދަވައިފިއެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދާ މިމައްސަލައަކީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ އެއް މިލިއަން ޑޮލަރުގެ މަނީ ލޯޑަރިންގ މައްސަަލައިގެ އިސްތިއުނާފު މައްސަލައެވެ. މިމައްސަލަ އެ ކޯޓުގައި ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މިމައްސަލައިގެ އަޑުއެހުންތައް ނިމި އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުން ހުކުމްކުރާ ހިސާބުގައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ ޔާމީންގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުމަކާއި ގުޅިގެން ބައެއް ކަންކަން ސާފުކުރަން ފަނޑިޔާރުންގެ ބެންޗުން ބޭނުންވާތީ ބޭއްވި އަޑުއެހުމެކެވެ.
މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރަމުން ދިޔައިރު، ފައިސާއާ ގުޅޭ ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރާ، އެސްއޯޢެފްގެ އެކައުންޓް ސްޓޭޓްމަންޓުގައިވާ ނަންބަރާ ދިމާނުވާކަން ޔާމީންގެ ފަރާތުން ފާހަގަކޮށްފައިވާކަމަށެވެ. އަދި ފަނޑިޔާރު ވަނީ ޗެކު ނަމްބަރު ދިމާނުވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.
އެކަމާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ޗެކު ނަމްބަރުގައި މައްސަލައެއް ދިމާވިކަމަށް ބެލެވެނީ، ބޭންކް ސްޓޭޓްމަންޓް ތައްޔާރުކުރި ފަރާތުން ނަންބަރު ސިސްޓަމަށް އެންޓާކުރިއިރު އޮޅިގެން ކަމަށެވެ. އަދި ޗެކް ޑިޕޮސިޓް ސްލިޕަކީ ބޭންކް އޮފް މޯލްޑިވްސް އިން ހޯދާފައިވާ ސްލިޕެއް ކަމަށާއި އެއީ ބޭންކުން ޗެކް ޕްރޮސެސް ކުރުމަށް ފަހު ބޭންކުގައިވާ ސްލިޕްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައްސަލައިގައި ދައުވާކުރި އިރު ވެސް ޗެކުގައި މައްސަލައެއް އުޅޭތޯ ފަނޑިޔާރު ސުވާލުކުރުމުން، ވަކީލު ވިދާޅުވީ ދައުވާ ކުރި އިރު އެކަން ފާހަގަވެފައި ނުވާކަމަށެެވެ. އަދި އެކަން އެހެން ދިމާވީ ބޭންކް ސްޓޭޓްމަންޓަށް އެންޓާކުރި އިރު އޮތް އޮޅުމަކުންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ޗެކު ނަންބަރު ދިމާނުވާކަން ދައުލަތަށް ފަހުން އެނގުނުކަމަށް ބުނި ނަމަވެސް، އެކަން ގަބޫލުނުކުރާކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. އަދި އެފަދަ އޮޅުމެއް އޮތްކަން ދައުލަތަށް އޭރު އެނގޭ ނަމަ، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރުވެސް އެކަން ހިއްސާކުރަން ޖެހޭނެ ކަމަށް ޔަމީންގެ ވަކީލުން ވިދާޅުވިއެވެ. އެހެންވީމަ ދައުލަތުން މި މައްސަލައިގައި ޒިންމާ އަދާކޮށްފައި ނުވާކަން ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

Abdulla Yamin Abdul Gayyoom vs Prosecutor General’s Office [2021/SC-A/30] https://t.co/aRDlesPLTa
— Supreme Court of the Maldives (@SCMaldives) November 18, 2021
އެކަމާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ޗެކު ނަމްބަރުގައި މައްސަލައެއް ދިމާވިކަމަށް ބެލެވެނީ، ބޭންކް ސްޓޭޓްމަންޓް ތައްޔާރުކުރި ފަރާތުން ނަންބަރު ސިސްޓަމަށް އެންޓާކުރިއިރު އޮޅިގެން ކަމަށެވެ. އަދި ޗެކް ޑިޕޮސިޓް ސްލިޕަކީ ބޭންކް އޮފް މޯލްޑިވްސް އިން ހޯދާފައިވާ ސްލިޕެއް ކަމަށާއި އެއީ ބޭންކުން ޗެކް ޕްރޮސެސް ކުރުމަށް ފަހު ބޭންކުގައިވާ ސްލިޕްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައްސަލައިގައި ދައުވާކުރި އިރު ވެސް ޗެކުގައި މައްސަލައެއް އުޅޭތޯ ފަނޑިޔާރު ސުވާލުކުރުމުން، ވަކީލު ވިދާޅުވީ ދައުވާ ކުރި އިރު އެކަން ފާހަގަވެފައި ނުވާކަމަށެެވެ. އަދި އެކަން އެހެން ދިމާވީ ބޭންކް ސްޓޭޓްމަންޓަށް އެންޓާކުރި އިރު އޮތް އޮޅުމަކުންކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ޗެކު ނަންބަރު ދިމާނުވާކަން ދައުލަތަށް ފަހުން އެނގުނުކަމަށް ބުނި ނަމަވެސް، އެކަން ގަބޫލުނުކުރާކަމަށް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. އަދި އެފަދަ އޮޅުމެއް އޮތްކަން ދައުލަތަށް އޭރު އެނގޭ ނަމަ، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރުވެސް އެކަން ހިއްސާކުރަން ޖެހޭނެ ކަމަށް ޔަމީންގެ ވަކީލުން ވިދާޅުވިއެވެ. އެހެންވީމަ ދައުލަތުން މި މައްސަލައިގައި ޒިންމާ އަދާކޮށްފައި ނުވާކަން ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު