އަހުމަދު މަސްނޫމް   18 ނޮވެމްބަރު 2021 - 17:30
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ކެތްތެރި، ހިތްތިރި ރައީސެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.



ގާަސިމް އިބްރާހިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަށް 3 އަހަރު ފުރުމާއި ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު ނަމުގަޔާއި ޖުމްހޫރީ ޕާޓީގެ ނަމުގައި ރައީސަށް މަރުހަބާ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ރައީސް ސާލިހަކީ ކެތްތެރިކަމާއެކު، ހިކުމަތްތެރިކަން އިސްކޮށް، ކޯވިޑްގެ ދަތި ހާލަތުގައިވެސް ޤައުމު ކުރިއަށްގެންދިޔަ ރައީސްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު