ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއެއް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން މިއަދު ބުނީ ގޮޅީތެރޭ ތާސްކުޅެން އިންދާ މެއަށް ތަދެއް އަރައި، ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އެމްޑީ އަކްތަރު ޙޮސެއިން (50 އަހަރު)، މިއަދު ފަތިހު ނިޔާވެފައިވާ ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުންކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށާއި، އެމްޑީ އަކްތަރު ޙޮސެއިނަކީ މީހަކު މެރުމުގެ ކުށުގައި ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެއް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.

ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއެއް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ https://t.co/nvNGOoTiyh
— Maldives Correctional Service (@CorrectionsMv) November 18, 2021
އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު