ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން
ރައްޔިތުންގެ އިޙްސާސްތަކާ ކުޅެގެން ވޯޓު ހޯދުމަކީ ލަދުވެތިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެންމެބޮޑު ފެއިލިއަރ އަކީ މަރުތަކަށް އިންސާފު ހޯދައި ނުދެވުން ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވުމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވީ ރައްޔިތުންގެ އިޙުސާސްތަކާ ކުޅެގެން ވޯޓު ހޯދުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"އެ މަރުތަކުގެ ވާހަކަ އޭރު ދެއްކި ނަމަވެސް މިހާތަނަށް އެމަރުތަކަށް އިންސާފު ލިބިފައި ނުވާކަމީ ވަރަށް ލަދު ގަންނަންޖެހޭ ކަމެއް." ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ.



ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަ ކުރަށްވަމުން ޝިދާތާ މިއަދު ވިދާޅުވީ، މި ކޯލިޝަން ސަރުކާރުން ވެރިކަމަށް އައުމަށް ވޯޓު ހޯދަން އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައަކީ ގެއްލުވާލާފައިވާ މީހުންނާއި ލާއިންސާނީ އަނިޔާތައްދީ މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ވާހަކަތައް ކަމަށެވެ. ނަމަވެސް މިއަދު އެކަމާ އުޅޭ މީހަކު ނެތް ކަމަށް ޝިދާތާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން