އިތުރަށް ފައިސާ ޗާޕް ކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އެމްއެމްއޭއިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއްއަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރުމާއި ގުޅިގެންނެެވެ.
ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވީ މިހާރު ކުރިއަށްދާ ފައިސާ ޗާޕު ކުރުމުގެ މައްސަލައަކީ ބޮޑު ނުރައްކަލެއް ކަމަށެވެ. މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން ގާނޫނު "ލޮކް" ކުރުމަށް ފަހު މޮޑޭ ފުށްގަނޑެއްހެން ހިތު ހުރި ވަރަކަށް ފައިސާ ޗާޕުކޮށް ލޯނު ނަގާއިރު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހައްގު ބަސް ވިދާޅުވުމަށް ސައީދު ވަނީ ގޮވާލައްވާފައެެވެ.
އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅީ 3.5 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމަށް ނުވަތަ ޗާޕު ކުރުމަށެވެ. އެހެން ނަމަވެސް އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށައެޅުއްވުމުން އެހުށައެޅުން ވަނީ ފާސްވެފައެެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ދެ ފަހަރެއްގެ މަތިން ފައިސާ ޗާޕު ކުރުމުގެ ހުއްދަ ހޯދާފައެވެ. އަދި ތިން ވަނަ ފަހަރަށް ފައިސާ ޗާޕު ކުރަން މަޖިލިހުގެ ހުއްދައަކަށް އެދުމުން އަދަދު ކުޑަކޮށް ފައިސާ ޗާޕްކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ބަޖެޓް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ފައިސާ ޗާޕުކުރުމަކީ ދައުލަތަށާއި އިގްތިސާދާއި ފިޒިކަލް ޕޮލިސީއަށް މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ފައިސާ ޗާޕްނުކޮށް ދަރަންޏަށް ފައިސާ ނަގައިފިނަމަ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެންދާނެ ކަމަށެވެ. އަދި ފައިސާ ޗާޕްނުކޮށްފިނަމަ ބަޖެޓް 26 ބިލިއަން ރުފިޔާއަށް ކުޑަކުރަންޖެހޭނެ ކަމަށާއި، އޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް މަޑުޖައްސައިލަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

Mihaaru kuriah dhaa faisaa chaapu kurumuge massala akee bodu nurakkaleh. Evves accountability eh nethi,Majlis majority otheema qaanoonu lock elhuvumah fahu modey fuggandeh hen hithuhuri varakah chaapu koh, loanu nagaa iru haggu bas bunumah MMA Governor ah govaalan @MMA_Maldives
— Mohamed Saeed (@em_saeed) November 18, 2021
އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅީ 3.5 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުމަށް ނުވަތަ ޗާޕު ކުރުމަށެވެ. އެހެން ނަމަވެސް އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާއަށް ކުޑަކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށައެޅުއްވުމުން އެހުށައެޅުން ވަނީ ފާސްވެފައެެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ދެ ފަހަރެއްގެ މަތިން ފައިސާ ޗާޕު ކުރުމުގެ ހުއްދަ ހޯދާފައެވެ. އަދި ތިން ވަނަ ފަހަރަށް ފައިސާ ޗާޕު ކުރަން މަޖިލިހުގެ ހުއްދައަކަށް އެދުމުން އަދަދު ކުޑަކޮށް ފައިސާ ޗާޕްކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ބަޖެޓް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ފައިސާ ޗާޕުކުރުމަކީ ދައުލަތަށާއި އިގްތިސާދާއި ފިޒިކަލް ޕޮލިސީއަށް މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ފައިސާ ޗާޕްނުކޮށް ދަރަންޏަށް ފައިސާ ނަގައިފިނަމަ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެންދާނެ ކަމަށެވެ. އަދި ފައިސާ ޗާޕްނުކޮށްފިނަމަ ބަޖެޓް 26 ބިލިއަން ރުފިޔާއަށް ކުޑަކުރަންޖެހޭނެ ކަމަށާއި، އޭރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ވެސް މަޑުޖައްސައިލަން ޖެހޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު