ރާއްޖޭގައި މަތީ ސާނަވީ އިމްތިހާނަށް ކުރިމަތިލާ ދަރިވަރުންގެ އަދަދު މަދުވަމުން އަންނަ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު، މިހެން ވިދާޅުވީ 2019 ވަނަ އަހަރު ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ޓޮޕް އެޗީވާސް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ސާނަވީ ތައުލީމު ނުވަތަ ގްރޭޑު ދިހައެއް ނިމުމުން، ކިޔަވާ ނިންމާލުމުގެ ވިސްނުމަކީ ދަރިވަރުން ދޫކޮށްލަންޖެހޭ ވިސްނުމެއް ކަމަށެވެ. އަދި ސާނަވީ ތައުލީމު ނުވަތަ ގްރޭޑު 10 ނިމުމުން، ތައުލީމު ހާސިލުކުރުން ހުއްޓާނުލުމަށް ހުރިހާ ކިޔަވާ ކުދިންނަށް ރައީސް ސާލިޙު ވަނީ އިލްތިމާސް ކުރައްވާފައެެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ކުއްޖަކު ވެސް ތައުލީމު ފުރިހަމަނުކޮށް ދޫކޮށްލުމަކީ ގައުމަށް ލިބޭނެ ދެރައެއް ކަމަށެވެ. ރާއްޖޭގައި ކޮންމެ އަހަރަކު ސާނަވީ އިމްތިހާނު ހަދަނީ އެވްރެޖުކޮށް ފަސް ހާސް ހަ ސަތޭކަ ދަރިވަރުން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މަތީ ސާނަވީއަށް މި ވަންނަނީ އެވްރެޖުކޮށް ދެ ހާސް ސާޅީސް ކުދިން، އާދެ، ސާނަވީ ހަދާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ތިރީސް ފަސް ޕަސެންޓު،" ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ގައުމު ތަރައްގީ ވާނީ ގައުމުގައި އުޅޭ މީހުން ތަރައްގީވެގެން ކަމަށެވެ. އަދި ގައުމު ކުރިއަރަނީ ތިމާ ހުރި ހާލަތުން އެހެން، އެއަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން ގައުމުގެ ދަރީންގެ ސިކުނޑީގައި އުފެދި، އެ އަޒުމުގައި އެ ކަމަށް މަސައްކަތް ކޮށްގެން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.

O’ Level National Top Ten Award Ceremony for 2019 pic.twitter.com/n6ghtfxcj1
— The President's Office (@presidencymv) November 18, 2021
"މަތީ ސާނަވީއަށް މި ވަންނަނީ އެވްރެޖުކޮށް ދެ ހާސް ސާޅީސް ކުދިން، އާދެ، ސާނަވީ ހަދާ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ތިރީސް ފަސް ޕަސެންޓު،" ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ގައުމު ތަރައްގީ ވާނީ ގައުމުގައި އުޅޭ މީހުން ތަރައްގީވެގެން ކަމަށެވެ. އަދި ގައުމު ކުރިއަރަނީ ތިމާ ހުރި ހާލަތުން އެހެން، އެއަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުވުމުގެ ވިސްނުން ގައުމުގެ ދަރީންގެ ސިކުނޑީގައި އުފެދި، އެ އަޒުމުގައި އެ ކަމަށް މަސައްކަތް ކޮށްގެން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު