ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިންމައި 36.9 ބިލިއަން ރުފިޔާގެ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރި މަޖިލީހުގެ ބަޖެޓް ކޮމިޓީން މިރޭ ފާސްކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށައެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފައިވަނީ ބަޖެޓް ކޮމެޓީގެ މިރޭ ބޭއްވި ބަައްދަލުވުމުގައެވެ. ކޮމެޓީން ބަޖެޓް ފާސްކުރީ ކޮމެޓީގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެެ.
ސަރުކާރުން ހުށައެޅި ބަޖެޓަށް 73.8 މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެެވެ. އޭގެ ތެރޭގައި ހިމެނެނީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އިތުރުކުރި 57.4 މިލިއަން ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް އިތުރުކުރި 16.4 މިލިއަން ރުފިޔާއެވެ.
ބަޖެޓު ބޮޑުކުރަން ފާސްކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރަން ފަސް ލައްކަ ރުފިޔާއާއި ސިވިލް ސާވިސް ކޮމިޝަނަށް 1.69 މިލިއަން ރުފިޔާއާއި އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް މުވައްޒަފުން ހޯދުމަށް 2.2 މިލިއަން ރުފިޔާގެ އިތުރުން އޭސީސީއަށް އިތުރު މުވައްޒަފުން ހޯދުމަށް 3.9 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 204،000 ރުފިޔާގެ އިތުރުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް މުވައްޒަފުން ހޯދަން 865،636 ރުފިޔާ ހިމެނުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެެ.

ކިޔުންތެރިންގެ ހިޔާލު