މިވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެެވެ.
2019 ވަނަ އަހަރު ސާނަވީ އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ޓޮޕް އެޗީވާސް އެވޯޑު ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، ދަރިވަރުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުން ކަމަށެވެ.
އެގޮތުން މިދިޔަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުޞަތުގައި، ހީނުކުރާހާ ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރުވެސް ކިޔަވަމުން އަންނަ ކަމަށާއި، ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތް ނަމަވެސް އެކަމަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ދަރިވަރުންގެ ސްކޫލް މަރުޙަލާގައި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
2019 ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިންގ ޕްރޮގްރާމުން އެކަން ޙާޞިލް ކުރެވޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އުނގެނުމުގައްޔާއި، އެނޫން ގޮތްގޮތުންވެސް ޚާއްސަ އެހީއަށް ބޭނުން ކުދިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމަށެވެ. އަދި ތަޢުލީމު ޙާޞިލް ކުރުމުގައިވެސް އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، ސަރުކާރުން އުފެއްދި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން އެކަމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ މިއަހަރުގެ ތެރޭގައިވެސް މުޅިން އައު ކަމެއް ތަޢުލީމީ ދާއިރާއަށް ތައާރަފް ކުރުމަށް ނިއްމައިފައިވާ ކަމަށާއި، އެއީ ސެޓެލައިޓް މަފްހޫމުގެ ދަށުން ކިޔަވައިދޭން ފެށުން ކަމަށެވެ. އެގޮތުން ސްކޫލް ނެތް ތިން ރަށެއްގައި، މި އަހަރުގެ 2 ވަނަ ޓާރމްގައި، އެ ޕްރޮގްރާމް ފެށުމަށް ނިއްމައިފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އޭރުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ ކަމަށެވެ.
"އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އެފަދަ މުހިންމު ބަދަލުތައް ތަޢުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ޤައުމު ތަރައްޤީ ކުރާނެ މީހުން ބިނާކޮށް ޤައުމު ތަރައްޤީ ކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭފަދަ، ޢިލްމީ އަދި ޖިސްމާނީ ޤާބިލްކަން ދަރިންނަށް ހޯދައިދިނުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން، ޔުނެސްކޯގެ އެހީގައި އެކުލަވައިލި އައި.ސީ.ޓީ. މާސްޓަރ ޕްލޭންވެސް މިހާރު އޮތީ ނިމިފައި ކަމަށެވެ. މި އަންނަ ޖަނަވަރީ މަހުގެ ތެރޭގައި، އެ މާސްޓަރ ޕްލޭނަށް ޢަމަލުކުރަން ފެށޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް ތަންފީޒު ކުރަން ފެށީ، ހިނގަމުންމިދާ 2021 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ޢަމަލުކުރަން ފެށީވެސް، ހަމަ މި އަހަރުގެ ތެރޭގައި ކަމަށާއި، އެއީވެސް މުޅިން އަލަށް ރާއްޖޭގައި ޢަމަލުކުރަން ފެށި ޤާނޫނެއްކަން ރައީސް ފާހަަގަކުރެއްވިއެެވެ.
"މި ދެ ޤާނޫނުގެ ބޭނުމަކީވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި ފުރިހަމައަށް ކަށަވަރުކޮށްދިނުން. އެއްވެސް ތަފާތުކުރުމެއްނެތި، ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނުދީ، އިސްލާމީ ޢަޤީދާއާއި، އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމަކީވެސް މި ޤާނޫނުގެ ވަރަށް މުހިންމު މަޤްޞަދެއް." ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުވުމަކީ، ބައެއްފަހަރަށް ވަރަށް ހިތި ނަތީޖާވެސް ނުކުމެދާނެ ކަމެއް ކަމަށެވެ. އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، ހާޞިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު