ޑައިރެކްޓަރ ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ރަންވީރު ސިންގްހއާއި އާލިއާ ބަޓް ކިޔާފައިވާ ލަވައެއް ހިމަނާ ގޮތަށް ހަމަޖައްސައިފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ލީޑް އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ރަންވީރް އަދި އާލިޔާ މި ފިލްމުގައި ކިޔާނީ ޑުއެޓް ލަވައެއްކަމަށެވެ.
އާލިއާ އާއި ރަންވީރަކީ ކުރިން ވެސް އެ މީހުންގެ ފިލްމުތަކަށް އަމިއްލަ އަޑުން ލަވަ ކިޔާފައިވާ ދެ ތަރިންނެވެ. އެގޮތުން ފިލްމް "ގަލީ ބޯއި" އަށް ރަންވީރު ލަވަ ކިޔާފައިވާއިރު، އާލިއާ ވެސް ވަނީ ފިލްމް "ސަޅަކް 2" އަށް އޭނާގެ އަމިއްލަ އަޑުން ލަވަ ކިޔާފައެވެ.
ކަރަން ޑައިރެކްޓް ކުރާ މި ފިލްމުގެ މިއުޒިކް ރައިޓްސް މިހާރު ވަނީ އިންޑިއާގެ މަޝްހޫރު މިއުޒިކް ކުންފުނި ސާރޭގާމާޕާ-އެޗްއެމްވީ އަށް ދީފައެވެ. މިކަމާ ގުޅޭ ގޮތުން ކަރަން ބުނީ މި ފިލްމުގެ މިއުޒިކްގައި ސާރޭގާމާޕާ ބައިވެރިވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ކަރަން އެންމެ ފަހުން ގެނެސްދިން 2016 ގެ "އޭ ދިލް ހެ މުޝްކިލް" އަކީ ވެސް ވަރަށް ރީތި ލަވަތަކެއް ހިމެނުނު ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު