"ބޮސް އޮފް މައި ބޮޑީ" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިއަދު ނެރެދެއްވައިފިއެވެ.
މިއީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަފޮތެކެވެ.
ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައި އިފްތިތާޙްކުރި މި ފޮތަކީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މަޢުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްފައިވާ ފޮތެކެވެ. މި ފޮތް ނެރެދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާގައި ބައިވެރިވިކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ބޮސް އޮފް މައި ބޮޑީ" ފޮތުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި އެ މައުޟޫޢާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ހިމަނާފައިވެއެވެ. މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެއެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާޢީ އަދި ޢާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.

First Lady Fazna Ahmed launches Children's Educational Storybook “Boss of My Body” pic.twitter.com/HLbX90UJGQ
— The President's Office (@presidencymv) November 19, 2021
ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައި އިފްތިތާޙްކުރި މި ފޮތަކީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މަޢުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްފައިވާ ފޮތެކެވެ. މި ފޮތް ނެރެދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާގައި ބައިވެރިވިކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ބޮސް އޮފް މައި ބޮޑީ" ފޮތުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި އެ މައުޟޫޢާ ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ހިމަނާފައިވެއެވެ. މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެއެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާޢީ އަދި ޢާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.
ކިޔުންތެރިންގެ ހިޔާލު