އަހުމަދު މަސްނޫމް   19 ނޮވެމްބަރު 2021 - 15:37
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. އަދި ހދ. އަތޮޅުގެ ހަތަރު ރަށަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ އެކި މުއައްސަސާތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.



ނާއިބު ރައީސްގެ މިދަތުރުފުޅުގައި ހޯރަފުށި މަގުހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެއެވެ. އަދި ހޯރަފުށި އެއަރޕޯޓަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެއިތުރުން ނައިބު ރައީސްގެ މިދަތުރުފުޅުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ "އުފަންވެނި" ހުޅުވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނާއިބު ރައީސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރެއެވެ.



ކިޔުންތެރިންގެ ހިޔާލު