އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އެކަނި ބިޒްނަސް ވިސާއަށް އެދި ހުށަހެޅޭގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއިސްލާހު ގެނެސްފައިވަނީ ބިޒްނަސް ވިސާގެ ގަވާއިދަށެވެ.

މިނިސްޓްރީން އަލަށް ގެނައި މިއިސްލާހާއެކު ވިޔަފާރި ނުވަތަ މަސައްކަތެއް ކުރުމުގެ ބޭނުމަށް ރާއްޖެ އެތެރެވާއިރު އާންމުކޮށް ނަގާ ބިޒްނަސް ވިސާއަށް ދެން އެދެވޭނީ ހަމައެކަނި އެ މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. އަދި އެޕްލިކޭޝަން ފޯމާއި ޑެކްލެރޭޝަންވެސް ހުށަނާޅައި، އީފާސް މެދުވެރިކޮށް ބިޒްނަސް ޕޯޓަލުން މިހާރު އެމަސައްކަތް ކުރިޔަށް ގެންދެވޭނެއެވެ.

ބިދޭސީން އީފާސް ޕޯޓަލްގައި ރެޖިސްޓްރީވުމަށް ސައްހަ ވޯކް ޕާމިޓެއް ބޭނުންވާއިރު، ރާއްޖޭގައި ބޭނުންކުރާ ފޯން ނަމްބަރެއް ނުވަތަ އެ ފަރާތެއްގެ އީމެއިލް މެދުވެރިކޮށް އީފާސްގެ ލޮގްއިން ވެރިފައި ކުރެވޭނެއެވެ.

ގަވާއިދުގައިވާ ގޮތުން ބިޒްނަސް ވިސާ ދޫކުރާއިރުވެސް އަދި މުއްދަތު އިތުރުކުރާއިރުވެސް ކޮންމެ އަހަރަކު 180 ދުވަހަށްވުރެ އިތުރުނުވާނޭހެން އިތުރުކޮށްދެވިދާނެއެވެ.

މީގެއިތުރުން ވިސާއަށް އެދި ހުށަހަޅާ ހެލްތު އެންޑް ޓްރެވަލް އިންޝުއަރެންސް ޕޮލިސީގެ ކޮޕީ މީގެފަހުން ނޮޓަރައިޒް ކުރާކަށް ނުޖެހޭނެއެވެ.

ވިސާއެއް ދޫކުރާތާ 3 މަސް ތެރޭ ރާއްޖެ އެތެރެ ނުވެއްޖެނަމަ އެ ވިސާ ބާތިލުކުރާނެއެވެ. ކުރިން އެކަމަށް 6 މަހުގެ މުއްދަތެއް އޮވެއެވެ.



ކިޔުންތެރިންގެ ހިޔާލު