ހޯރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
ހޯރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވީ، އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ނާއިބު ރައީސް ފައިސަލް ނަސީމެވެ.
ހއ ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއް 5,303 މީޓަރު ދިގުމިނުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 11,113.80 (އެގާރަހާސް އެއްސަތޭކަ ތޭރަ ޕޮއިންޓް އަށެއް ސުމެއް) އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހޯރަފުށި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހޯރަފުށްޓަށް ވަޑައިގަތީ ތިލަދުންމަތީ ގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްގައި މިއަދުއެވެ.
ހޯރަފުށްޓާއި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމުގެ އިތުރުން ހޯރަފުށީ އެއަރޕޯޓްގެ އަހަރީދުވަހަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ.
މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ރަށްރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

Vice President @FaisalNasym inaugurates the road development project in Hoarafushi Island pic.twitter.com/NAPho6V8X6
— The President's Office (@presidencymv) November 19, 2021
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހޯރަފުށްޓަށް ވަޑައިގަތީ ތިލަދުންމަތީ ގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއްގައި މިއަދުއެވެ.
ހޯރަފުށްޓާއި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގަންނަވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމުގެ އިތުރުން ހޯރަފުށީ އެއަރޕޯޓްގެ އަހަރީދުވަހަސް ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެއެވެ.
މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ރަށްރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށްރަށުގައި ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު