ކުރީގެ ސަރުކާރުން އުތުރުތިލަފަޅުގެ އެއްބަސްވުމުގައި އިންޑިޔާއަށް ދީފައިވާ ބައެއް ބާރުތަށް މި ސަރުކާރުން އަތުލާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެއެވެެ.
ދައުލަތުގެ މީޑިޔާގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުގައި ކަމަށާއި، އެއްބަސްވުމުގައި ވަރަށް ގިނަ ބާރުތަކެއް އިންޑިޔާ އަށް ދީފައިވާ ކަމަށެވެ.
އެގޮތުން އެއްބަސްވުމުގެ ދަށުން އުތުރު ތިޅަފަޅުގައި ރަންވޭ އެއް ހަދައި މަތިންދާ ބޯޓް ޖެއްސޭގޮތަށް ޑިޒައިން ކޮށްފައިވާ ކަމަށާއި، އެ ކުރެހުންތަކާއި ހުރިހާ އެއްޗެހި އެބަހުރި ކަމަށް ހަސަން ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން އެކަން ޕްލޭން ކޮށްފައި އޮތީ އެގޮތަށް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"މިހާރު އެތާ (އުތުރު ތިޅަފަޅުގައި) ބޯޓް ޖެއްސޭގޮތަށް ނޫން އޮތީކީ އެއް، އަދި އެތަނަށް ވަދެ ނިކުމެ ހަދާ ސައިޒަށް ބަދަލު ވެސް ގެނެސް ކުރީގައި އޮތްހެން ބޮޑެތި އުޅަނދުތަށް ވަންނަ ގޮތަކަށް ނޫން އޮތީ ދެން ބައިވަރު ކަންކަން އެބަހުރި،" ހަސަން ވިދާޅުވިއެވެ.
މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ އުތުރުތިޅަފަޅު އެއްބަސްވުން މިހާރު އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ. އެއްބަސްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ހަސަން ވިދާޅުވިއެެވެ. ހަސަން ލަތީފު ވިދާޅުވީ އުތުރު ތިޅަފަޅުގެ އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެެއް ނެތް ކަމަށެވެ.
"އިންޑިޔާ އައުޓްގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އެދައްކާ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ދައްކާ ވާހަކައެއް ނޫން، އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް އިދިކޮޅު ފަރާތްތަކުން ކުރާކަމެއް. އެއީ އަވައްޓެރި ގައުމަކާއި އަޅުގަނޑުމެންނާއި ޖެއްސުން އެހާބޮޑަށް." ހަސަން ލަތީފް ވިދާޅުވިއެެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު، އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާއެކު ހަދަމުންދާ ކަމަށްބުނާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ "މިނިވަންކަމުގެ ދިފާޢުގައި ދިވެހިން"ގެ ނަމުގައި ސިލްސިލާ ހަރަކާތެއް އިދިކޮޅު ކޯލިޝަނުން ވަނީ ފަށާފައެވެ. އެގޮތުން އެހަރަކާތުގައި އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި ބޮޑެތި ހިނގާލުން ތަކެއް ބާއްވާފައެެވެ. އެހަރަކާތަށް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.
އުތުރު ތިލަފަޅު އެއްބަސްވުން ހެދީ ކުރީގެ ސަރުކާރުން ކަމަށް ހަސަން ވިދާޅުވި ނަމަވެސް، އެ އެއްބަސްވުން ހެދީ މިސަރުކާރުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެއްބަސްވުމުގައި ހިމެނޭ ކަމަށްބުނާ މައުލޫމާތު ތަކެއް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށްވެސް ވަނީ ހިއްސާކޮށްފައެވެ. އަދި އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ނުކުތާއެއް ނުހިމެނޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިދިކޮޅު ޕީޕީއެމުން ބުނެފައި އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ޚިލާފަށް، ދިވެހިޤައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ހަދާފައިވާ، އޭގެ ޒާތުގައި ބާތިލް އެގްރީމަންޓެއްކަމަށެވެ. ޕީޕީއެމުން ބުނީ ޑިފެންސް މިނިސްޓަރ މާރިއާދީދީ ސޮއިކުރަށްވާފައިވާ އުތުރުތިލަފަޅުގެ އެގްރީމަންޓް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާ ކުރެއްވުމަށް، އެ ކޮމިޓީއަށް ނުދެއްވުމަކީ އަދި އެ ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
އެކޯލިޝަނުން ޤަބޫލުކުރާގޮތުގައި އުތުރުތިލަފަޅުގެ އެގްރީމަންޓް ކަމަށް ބުނާ ލިޔުމެއް ސްކްރީނަކުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ދައްކާލުމުގެ ބަދަލުގައި އެ އެގްރީމަންޓްގައި ހުރި މާއްދާތައް ވަކިވަކިން ދިރާސާކުރުމުގެ ފުރުޞަތު ހޯދުމަކީ ކޮމިޓީއަށް ލާޒިމު ކަމެއްކަމަށެވެ. އަދި އެ އެގްރީމަންޓް، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ނުދިނުމަކީ އަދި ކޮމިޓީން އެ އެގްރީމަންޓް ހޯދާފައި ނުވުމަކީ އުތުރުތިލަފަޅުގެ އެގްރީމަންޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ފަރުވާއެއް ހޯދައިދިނުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާ ކަމެއްކަމަށްވެސް ޕީޕީއެމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު