އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ، ކިމް ކާޑޭޝަންގެ އާ ލޯބިވެރިޔަކީ ކޮމީޑިއަން، ޕީޓް ޑޭވިޑްސަންކަން މިހާރު ކަށަވަރުވެފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
މީޑިއާތަކުން ބުނެފައިވަނީ ކިމްއާއި ޕީޓް ހިތާވެގެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ފުދޭވަރަކަށް ދުވަސްވެފައިކަމަށެވެ. މިއާއެކު، ދާދި ފަހުން ކެލިފޯނިއާގެ ޕާމް ސްޕްރިންގްގައި ދެ މީހުން އަތުގުޅުވާލައިގެން އުޅުނު މަންޒަރު ފެނިފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައި ވެއެވެ. އަދި އެ އެރެއަކީ ޕީޓްގެ 28 ވަނަ އުފަން ދުވަސް ވެސް ފާހަގަކުރި ރޭ ކަމުގައިވެސް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އަދި ޕީޓްގެ އިންސްޓަގްރާމްގައި ކިމްއާއި އޭނާގެ މަންމަ ކްރިސް ޖެނާ ވެސް ހިމެނޭ ގޮތަށް އެއްކަހަލަ ޕިޖާމާތަކެއް ލައިގެން ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އާއްމުކޮށްފައެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ އެމެރިކާގެ ވަކީލު، ވެން ޖޯންސްއާއި ކިމް ގުޅުނު ކަމަށް ބުނާ އަޑުތަކެއް ވެސް ފެތުރިފައިވާއިރު، މި ވާހަކަތައް ޖޯންސް ވަނީ ދޮގުކޮށްފައެވެ.
މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް (ޔޭ) ގެ ގާތުން ވަރިވުމަށް އެދި ކިމް ކޯޓަށް ހުށަހެޅީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ކަންޔޭގެ ގާތުން ވަރިވާން ކިމް ނިންމި އިރު، އެ ކައިވެންޏަށް ހަތަރު ދަރިން ވެސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު