ބޮލީވުޑްގެ ފުންނާބުއުސް އެކްޓަރު ރިޝީ ކަޕޫރްގެ މަރަށް ފަހު ނީޓޫ ސިންގް ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމު "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވުމަށް ނިންމައިފިއެެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކޮމެޑީ ޑްރާމާއެކެވެ. އަދި ނީޓޫއާއެކު މި ފިލްމުގެ ތަރިންގެ ތެރޭގައި އަނިލް ކަޕޫރާއި ވަރުން ދަވަން، އަދި ކިއާރާ އަދުވާނީ ވެސް ހިމެނެއެވެ. މި ފިލްމު ވެގެންދާނީ 2019 ގެ "ގުޑް ނިއުސް" އަށް ފަހު ރާޖް ގެނެސްދޭ ފުރަތަމަ ފިލްމަށެވެ.

މި ފިލްމުގައި ނީޓޫއާއި އަނިލް އަކީ ދެމަފިރިންނެވެ. އަދި ވަރުންއަކީ އެ މީހުންގެ ދަރިއެކެވެ. ބެލުންތެރިންނާ ވަރަށް ގުޅޭ ކަހަލަ ވާހަކައެއް ކިޔައިދޭނެ "ޖުގް ޖުގް ޖިޔޯ" އަކީ ކައިވެނީގެ ގުޅުންތަކަށް އަލިއަޅުވާލައިގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމު ރިލީޒްކުރާނެ ތާރީހު އިއުލާންކޮށްފައިވާއިރު، މި ފިލްމުގެ ޝޫޓިން ވަނީ މިހާރު އެއްކޮށް ނިމިފައެވެ. މިހާރު މި ފިލްމު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން