އޮސްޓްރޭލިއާގެ "ކޮފިން ބޭ"ގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް"ގެ "ރޯ ޕެސިފިކް އޮއިސްޓަރ" ވިއްކުމާއި ބޭނުންކުރުން ހުއްޓާލުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޮސްޓްރޭލިއާގެ "ކޮފިން ބޭ"ގައި އުފައްދާފައިވާ "ޕްރެސްޓިޖް ފުޑްސް އިންޓަރނޭޝަނަލް"ގެ "ރޯ ޕެސިފިކް އޮއިސްޓަރ"ގައި ޖަރާސީމުގެ ބާވަތެއްކަމަށްވާ "ވިބްރިއޯ ޕެރަހެމޮލީޓިކަސް" ހުރިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިބާވަތުގެ އޮއިސްޓަރ ރާއްޖެއަށް އެތެރެވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކުން އަންގާފައިވާކަމަށްވެސް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.

އެމްއެފްޑީއޭއިން ބުނީ މިބާވަތުގެ އުފެއްދުންތަކާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން ކުރަމުންދާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިބާވަތުގެ އޮއިސްޓަރ އެމްއެފްޑީއޭއިން ވަކިގޮތެއް އަންގަންދެން ނުވިއްކުމަށާއި ބޭނުންނުކުރުމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު


16

އުކުނޑި

24-Nov-2021

ރައްކާތެރިކަމަށް އޮތް ހީރަސްދައްޗެކޭތަ ތިކިޔަނީ. މިހުންނަށް މާނަ އިނގޭ ގޮތަށް ކިޔާބަލަ ދޫނިގަނޑާ