ރާއްޖޭގެ އުތުރުން އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހެޅި ޤަރާރު ބަލައިގެންފިއެވެ.
ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި މި ޤަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގަތީ 50 މެމްބަރުންގެ ވޯޓުންނެވެ. އަދި މި ޤަރާރު އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ.
ސަލީމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގު ބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، މިކަމުން ހޯދެން އޮތް ނަފާ ހޯދުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަމާޒު ހިފިދާނެ ސިނާޢަތެއް ކަމަށެވެ. ބޭރުގެ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ސިނާޢަތެއް މިހިނދުން މިހިނދަށް ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖެ ހުރަސްކޮށް ގައުމުތަކަށް ގެންދާ މުދަލުގެ އަގު އިތުރުވެފައިވާ ކަމަށާއި، ރާއްޖެ ހުރަސްކޮށްދާ ބޯޓުފަހަރު ކޮންމެ އަހަރަކު ހާހުން އިތުރުވަމުން އަންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ، އެ ބޯޓުފަހަރުން ގެންދާ މުދަލުގެ އަގު ބިލިއަނުން ގުނާލެވޭ ކަމަށެވެ. އެހެންކަމުން އެ ސިނާއަތުގެ މަންފާ ހޯދުން މުހިއްމު ކަމަށެވެ. އެ މަންފާ ލިބޭނެ ޓްރާންސްޝިޕްމެންޓް ޕޯޓެއް، މިދިޔަ ދިގު މާޒީގައި ގާއިމުވެފައި ނެތް ކަމަށާއި، ރާއްޖެއަކީ މި ސިނާޢަތުން އެންމެ ފައިދާ ވާނެ ގައުމު ކަމުގައި ސަލީމް ވިދާޅުވިއެވެ. މިއީ އައު ވިސްނުމެއް ނޫން ކަމަށާއި، ކޮންމެވެސް ސަބަބަކާހެދި އެއަށް އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައި ނުވާ ކަމަށެވެ.
މިފަދަ ބަނދަރެއް ގާއިމުކުރުމަށް ބިލިއަނުން އިންވެސްޓްމެންޓް ބޭނުންވާނެކަން ގަބޫލުފުޅުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް އެވަރުގެ ފައިނޭންސާ ނުލައި ވެސް މިހާރުވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. ބޯޓުތައް ބަނދަރުކުރެވި، ކޮންޓެއިނަރުތައް ބާލައި، ކަންކަން ނުކުރެވުނަސް، އިހަވަންދިއްޕޮޅަކީ، ފަޅުވެރިންނަށް ޚިދުމަތްދެވޭނެ ޕޮއިންޓަކަށް ހެދިދާނެކަމަށް ސަލީމް ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން މިހާރު ވަނީ އިއުލާންކޮށްފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު