ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް 6 މަހުގެ ޗުއްޓީއެއް ދޭގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ޤާނޫނަށް މި އިސްލާހު ހުށަހަޅާފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައެވެ.

ބިލުގައިވާ ގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީގެ ހައްގު، ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް އަދި ފިރިހެން ފަނޑިޔާރުންނަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް އިސްލާހު ހިމަނައިފައިވެއެވެ.

ވިހެއުމާ ގުޅިގެން ފަނޑިޔާރުންނަށް ޗުއްޓީއެއް ލިބޭގޮތަށް ޤާނޫނު އިސްލާޙުކުރުމަށް ޖޭއެސްސީން އެޓާނީ ޖެނެރަލްގެ އޮފީހުގައި މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ އެދިފައެވެ.

ވިހެއުމާ ގުޅިގެން ދޭ 6 މަހުގެ ޗުއްޓީ ސިވިލް ސާވިސްއާއި ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން މުވައްސަސާތަކުންވެސް މިހާރު ދަނީ ދެމުންނެވެ. އެގޮތަށް ޗުއްޓީދޭން ފެށީ 2019 ވަނަ އަހަރުގެ މާޗްމަހުއެެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެއްވެސްމެއެވެ.



ކިޔުންތެރިންގެ ހިޔާލު


9

ތިމަންނަ

24-Nov-2021

އަނެއްކާ ފިރިހެން ފަޑިޔާރުން ތީގައި ނުހިމަނާތި