ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެރަށް ގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 87.28 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން، 80.181,21 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ، 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 7 މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.
ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މިހާރުގެ ސަރުކާރުގެ އުމްރާނީ ތަރައްގީގެ ވަޢުދުތައް ފުއްދުމުގައި ވެސް އެންމެ މުހިންމު ދައިރެއް އަދާކުރަނީ އެމްޓީސީސީންނެވެ. މިކަން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ފަހަގަ ކުރަށްވާފައެވެ.

We have mobilized Th. Buruni Shore Protection Project site today. The value of the project is MVR 28.87 million.#MTCCProjects #RayyithungeKunfuni pic.twitter.com/4Ukb6UL86D
— MTCC Plc (@MTCCPlc) November 22, 2021
މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 63 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 7 މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.
ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މިހާރުގެ ސަރުކާރުގެ އުމްރާނީ ތަރައްގީގެ ވަޢުދުތައް ފުއްދުމުގައި ވެސް އެންމެ މުހިންމު ދައިރެއް އަދާކުރަނީ އެމްޓީސީސީންނެވެ. މިކަން ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ފަހަގަ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު