ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން އެކުލަވާލި އަލަތު ކައިވެނީގެ ކެޓަގަރީން ދޭން ނިންމި ފްލެޓްތައް ދެވިދާނެކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުން އަލަތު ކައިވެނީގެ ކެޓަގަރީން ދޭން ނިންމި ފްލެޓްތަކަކީ ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން އިމާރާތްކުރާ ފްލެޓްތަކުން ދޭން ނިންމި ޔުނިޓްތަކެކެވެ. ނަމަވެސް މިސަރުކާރުން ވަނީ އެއް ކޮޓަރީގެ ފްލެޓުތައް ހަދާފައި ނުވާ ކަމަށް ބުނެ، އަލަތު ކައިވެނި ކެޓަގަރީގައި ތިބި މީހުންނަށް ފުލެޓް ނުދޭން ނިންމާފައެެވެ.
ނަމަވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް އިއްޔެ ވިދާޅުވީ ކުންފުނިތަކާ ހަވާލުކުރި ފްލެޓުތަކުގެ ތެރެއިން މިހާރު މަސައްކަތް ކުރިއަށް ދާ ތަންތަނުގެ މަސައްކަތް ނުހުއްޓުވާނެ ކަމަށެވެ. އަދި ކުންފުނިތަކުގެ ފްލެޓްތަކުގެ ތެރެއިން މިދިޔަ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓް ދޭން ނިންމާފައިވާ އަލަތު ކައިވެނީގެ ކެޓަގަރީގެ މީހުންނަށް އެތަންތަނުން ފްލެޓް ދެވިދާނެ ކަމަށެވެ. ނަމަވެސް މަސައްކަތް ނުފަށާ ހުރި ތަންތަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އެއް ކޮޓަރީގެ ފްލެޓް ހެދުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަކި ތަނެއްގައި ވަޒީފާ އަދާކުރުމަކީ ފްލެޓް ދޭންޖެހޭ ސަަބަބެއްކަމަށް ސަރުކާރުން ނުދެކޭކަން ވެސް ފާހަގަކުރެއްވިއެވެ.
މަސައްކަތް ނުފަށާ ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިނަމަވެސް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްޑީސީގެ އޮފިޝަލުން ވިދާޅުވީ އެސްއޯއީތަކުން އަޅާ ފްލެޓުތަކުގެ މަސައްކަތުގެ ތެރެއިން ބައެއް ކުންފުނިތަކުން އަޅާ ފްލެޓުތަކުގެ މަސައްކަތް މިވަގުތަށް ހުއްޓިފައި އޮތް ނަމަވެސް އެ ކުންފުނިތަކުން އެތަންތަނަށް ފައިސާ ހަރަދުކޮށް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން ކޮންމެވެސް އެހެން ގޮތަކަށް އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނެކަމުގެ އިޝާރާތެއް ލިބިފައިވާކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއިން، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/tZDLSd4pv9
— People's Majlis (@mvpeoplesmajlis) November 22, 2021
މަސައްކަތް ނުފަށާ ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިނަމަވެސް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްޑީސީގެ އޮފިޝަލުން ވިދާޅުވީ އެސްއޯއީތަކުން އަޅާ ފްލެޓުތަކުގެ މަސައްކަތުގެ ތެރެއިން ބައެއް ކުންފުނިތަކުން އަޅާ ފްލެޓުތަކުގެ މަސައްކަތް މިވަގުތަށް ހުއްޓިފައި އޮތް ނަމަވެސް އެ ކުންފުނިތަކުން އެތަންތަނަށް ފައިސާ ހަރަދުކޮށް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން ކޮންމެވެސް އެހެން ގޮތަކަށް އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނެކަމުގެ އިޝާރާތެއް ލިބިފައިވާކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު