ކުށްވެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، މުޖްތަމައަށް އަލުން ނެރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ރ. އަތޮޅު ދުވާފަރުގައި ޤާއިމްކުރި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ހުޅުއްވައި ދެއްވައި އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމު ވިދާޅުވީ ދުވާފަރުގައި ޕިޖީ އޮފީހުގެ ގޮތްޕެއް ޤާއިމްކުރީ ފުލުހުންނާއި ކޯޓްތަކުން ކުރަމުންގެންދާ މަސައްކަތަށް ލުޔެއް ކުށްވެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، މުޖްތަމައަށް އަލުން ނެރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް، ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށެވެ.
ޝަމީމްގެ ވާޙަކަފުޅުގައި ރ. އަތޮޅަކީ އެންމެ ގިނައިން ޖިނާއީ މައްސަލަތައް ހުށައެޅޭ އަތޮޅުކަން ފާހަގަކުރައްވަމުން މި އޮފީހުގެ ސަބަބުން ފުލުހުންނާއި ޕީޖީން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުށްކުރުމުގެ ހާލަތު ހުރި ގޮތް ދެނެގަތުމަށް މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށެވެ. އެގޮތުުން ކުށްވެރިންނަށް އަދަބު ދިނުމުގެ ބަދަލުގައި، މުޖްތަމައަށް އަލުން ނެރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަމީމް ވިދާޅުވިއެވެ.
"ހާއްސަކޮށް ކުދިކުދި ކުށްތައް ކުރާ ފަރާތްތަކަށް ބެލޭނެ.. އެގޮތުން އެފަރާތްތައް ޖޫރިމަނާ ކުރުމާއި ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިކުރުން ފަދަ ކަންކަން ކޮށްގެން ކުށްކުރާ މީހުން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ." ޝަމީމް ވިދާޅުވިއެވެ.
ދުވާފަރުގައި ޤާއިމްކުރި ޕީޖީ އޮފީހުގެ ގޮތްޕަކީ މާލެ ފިޔަވައި އަތޮޅު ތެރޭގައި ޤާއިމް ކުރި ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ 10 ވަނަ ގޮއްޕެވެ.

ކިޔުންތެރިންގެ ހިޔާލު