ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން އިސްތިސްނާކުރުމަށް ދީފައިވާ މުއްދަތަށް އިތުރު އެއް އަހަރު އިތުރުކޮށް, ލިމިޓެއް ނެތި މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގޭގޮތަށް ފިނޭންސް މިނިސްޓަރަށް ހުއްދަދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން އިސްތިސްނާކުރުމަށް ދީފައިވާ މުއްދަތަށް އެއް އަހަރު އިތުރު ކުރުމަށް އެދި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
މިމައްސަލައިގައި މަޖިލީހުގައި ބަހުސްކުރުމަށްފަހު، ފިނޭންސް މިނިސްޓަރގެ ހުށަހެޅުން ދިރާސާކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީންނެވެ. އަދި ކޮމިޓީން މިމައްސަލަ ދިރާސާކުރުމަށްފަހު، ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފައިޥާ ގޮތަށް ހުއްދަދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހުއްދަ ދޭން ނިންމީ ފައިސާ ޗާޕުކުރަން ނުވަތަ އޯވަ ޑްރޯ ކުރަން މިނިސްޓަރ އެދިވަޑައިގަންނަވާ މިންވަރަށް ވުރެ މަދުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުމުން، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލާފައި އޮތްއޮތުން އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.
މިކަމުގެ ހުއްދައަށް އެދި ފިނޭންސް މިނިސްޓަރ ފޮނުއްވި ސިޓީގައި ވިދާޅުވީ ކުރިން ދިން މި އިސްތިސްނާގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަކަމަށެވެ. އަދި ވިޔަފާރިތަކަށާއި އާއްމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކޯވިޑް-19 އާ ގުޅިގެން ކުރަން ޖެހުނު ސިއްޙީ ހޭދަތަކާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ޚަރަދުތައް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދިޔަކަންވެސް މިނިސްޓަރގެ ސިޓީގައި ފާހަގަކުރެއްވިއެވެ. އަދި މިހުއްދަ ނުލިބިއްޖެނަމަ އިޤްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެކަމަށް ފިނޭންސް މިނިސްޓަރގެ ސިޓީގައިވެއެވެ.
ސަރުކާރުގެ ހުށަހެޅުމަށް އެމްޑީޕީގެ މެމްބަރުން ތާއީދުކުރިނަމަވެސް އިދިކޮޅު މެމްބަރުން ދަނީ ފައިސާ ޗާޕްކުރުމާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު