ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ވަޑައިގެންފިއެވެ.
ޑިފެންސް މިނިސްޓަރ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެ ޤައުމުގައި 6 ދުވަސް ހޭދަކުރެއްވުމަށް ހަމަޖެހިފައިވާއިރު އިންޑިއާގެ ކޮޗީގެ އިތުރުން ކަންނޫރަށްވެސް އެކަމަނާ ވަޑައިގަންނަވާނެއެވެ.
މާރިޔާގެ ދަތުރުފުޅާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ އިންޑިއާގެ ނޭވަލް އެކަޑެމީން ބާއްވާ ޕާސިން އައުޓް ޕެރޭޑެއް މާރިޔާ ޝަރަފްވެރިކޮށްދެއްވާނެ ކަމަށެވެ. އަދި މާރިޔާއަކީ އެ ޕެރޭޑް ޝަރަފްވެރިކޮށްދެއްވާ ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ. މިދަތުރުފުޅުގައި މިނިސްޓަރ މާރިޔާ އިންޑިއާގެ ޑިފެންސްގެ ޓްރެއިނިން ފެސިލިޓީތަކަށާއި އެ ގައުމުގައި ޓްރެއިނިން ހަދަމުން އަންނަ އެމްއެންޑީއެފްގެ އޮފިސަރުންނާވެސް ބައްދަލުކުރައްވާނެއެވެ.
މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފައިވާއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް، ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާއި ގުޅިގެން މަސްރަހު ފިނިކުރުމަށް އިންޑިއާއިން ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް އައު ސަފީރެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުން ވަޒީރު މާރިޔާގެ ދަތުރުފުޅުގެ ޕްރޮގްރާމް އާންމުކުރި ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކަން ހާމައެއް ނުކުރެއެވެ.

Mariya Ahmed Didi, Defence Minister of #Maldives arrived on a 6 day official visit to #Kochi & #Kannur.
— PRO Defence Kochi (@DefencePROkochi) November 23, 2021
The Defence Minister was recieved by Rear Adm and Mrs TVN Prasanna VSM, CSO(Trg), HQSNC.@rajnathsingh @MariyaDidi@indiannavy @MNDF_Official@HCIMaldives pic.twitter.com/6gb7sK7ggU
މާރިޔާގެ ދަތުރުފުޅާއި ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ އިންޑިއާގެ ނޭވަލް އެކަޑެމީން ބާއްވާ ޕާސިން އައުޓް ޕެރޭޑެއް މާރިޔާ ޝަރަފްވެރިކޮށްދެއްވާނެ ކަމަށެވެ. އަދި މާރިޔާއަކީ އެ ޕެރޭޑް ޝަރަފްވެރިކޮށްދެއްވާ ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ. މިދަތުރުފުޅުގައި މިނިސްޓަރ މާރިޔާ އިންޑިއާގެ ޑިފެންސްގެ ޓްރެއިނިން ފެސިލިޓީތަކަށާއި އެ ގައުމުގައި ޓްރެއިނިން ހަދަމުން އަންނަ އެމްއެންޑީއެފްގެ އޮފިސަރުންނާވެސް ބައްދަލުކުރައްވާނެއެވެ.
މިނިސްޓަރ މާރިޔާ އިންޑިއާއަށް ވަޑައިގެންފައިވާއިރު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް، ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާއި ގުޅިގެން މަސްރަހު ފިނިކުރުމަށް އިންޑިއާއިން ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް އައު ސަފީރެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުން ވަޒީރު މާރިޔާގެ ދަތުރުފުޅުގެ ޕްރޮގްރާމް އާންމުކުރި ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އެކަން ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު