ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރު ހަރަދުގައި ދޭ 20 ސްކޮލަރޝިޕުގެ ފުރުސަތަށް ކުރިމަތިލުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ހުޅުވާލި މިފުރުސަތުގައި މިސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް އިނާޔަތްތައް ހަމަޖައްސައިދެވޭނެ ކަމަށެވެ. އެގޮތުން މިސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް ކިޔެވުމުގެ ހަަރަދާއި، މުސާރައާއި އެއްވަރެއްގެ އެލަވެންސާއި، ދެކޮޅު ޓިކެޓް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއީ މެލޭޝިއާގެ ޔުނިވާސިޓީއަކުން ހޯދި ފުރުސަތު ތަކެކެވެ. އަދި މިއީ މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާގެ ސްކޮލަރޝިޕް ފުރުސަތުތަކެކެވެ. އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ ޑިސެންބަރު 09 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޕްރިންސިޕަލުން ތަމްރީން ކުރުމަށް ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލާފައިވާއިރު ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ޕްރިންސިޕަލުންގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު