ރައީސް އިބްރާހިމް މުހަންމަދު ސާލިޙުގެ ސަރުކާރުގައި މުޅިން ވެސް އޮތީ ވެރިންނަށް މޮޅުގޮތް ހޯދައިދިނުންތޯއޭ ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުޙަންމަދު ޖަމީލް އަޙުމަދު ސުވާލު އުފައްދަވައިފިއެވެެ.
ޑރ. ޖަމީލް މިހެން ވިދާޅުވެ ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހާއްސަކޮށްފައިވާ މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގުދަމާ ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެންނެެވެ. އެ ގެ ހިމެނޭ ސަރަހައްދުގައި ދުއްވާ އެއްޗެހި ޕާކު ކުރުމާއި އާންމުން މަޑުކުރުން ވެސް ވަނީ މަނާކޮށްފައެެވެ.
އެކަމަށް އިޝާރަތް ކުރައްވަމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ޑރ. މުހަންމަދު ޖަމީލް ވިދާޅުވީ ހުޅަނގުގެ މޮޅު ވާހަކަ ރައީސް ނަޝީދު ދައްކަވާއިރު އެތަންތަނުގެ ރައްޔިތުންގެ ޓެކްސް ފައިސާ އިން ސަލާމަތްކުރަނީ އެގައުމުތަކުގެ ފަގީރު ރައްޔިތުން ކަމަށެވެެ. އެހެން ނަމަވެސް ރާއްޖޭގައި ފަގީރުންގެ ފައިސާއިން ބަލަހައްޓަންޖެހެނީި ރައީސް ނަޝީދު ފަދަ މުއްސަނދިން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ބޭސްފަރުވާއަށް ހޯއްދަވައިގެން ރާއްޖެ ވަޑައިގެން ހުންނެވީ ޖެން ހޮޓަލުގައެވެ. އެތަނުގައި 21 ދުވަހު ރައީސް ނަޝީދު ހުންނެވުމަށް 6 ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައެވެ. ޖަމީލް އެ އިޝާރަތް ކުރައްވަނީ އެ ވާހަކަތަކަށް ކަމަށް ބެލެވެއެެވެ.
"މި ވެރިކަމުގައި އޮތީ މުޅިންވެސް ވެރީންނަށް މޮޅު ގޮތް ހޯދުންތޯ" ޑރ.ޖަމީލް ސުވާލު ކުރެއްވިއެެވެ.
ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހާއްސަކޮށްފައިވާ މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އެމްއެންޑީއެފުން އަންގައިގެން މާލެ ސިޓީކައުންސިލުންނެވެެ. މިއީ މާލޭގައި މި ފަހުން ރެޑް ޒޯންގެ ގޮތުގައި ސަރަހައްދެއް ކަނޑައެޅި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެެވެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސް އަދި އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގައިވެސް ރަތް ރޮނގެއް ނުދަމައެވެ.

ހުޅަނގުގެ މޮޅު ވާހަކަ ދައްކާ ރައީސް ނަޝީދަށް: އެތަންތަނުގެ މުއްސަނދިންގެ ޓެކްސް ފައިސާއިން ފަޤީރު ރައްޔިތުން ސަލާމަތްކުރަނީ. ރާއްޖޭގައި މިޖެހެނީ ފަޤީރުންގެ ފައިސާއިން މަނިކުފާނު ފަދަ މުއްސަނދިން ބަލަހައްޓަން. މިވެރިކަމުގައި އޮތީ މުޅިންވެސް ވެރިންނަށް މޮޅު ގޮތް ހޯދުންތޯ؟ pic.twitter.com/DSMBA2Xwem
— Mohamed Jameel Ahmed (@MJameelAhmed) November 23, 2021
"މި ވެރިކަމުގައި އޮތީ މުޅިންވެސް ވެރީންނަށް މޮޅު ގޮތް ހޯދުންތޯ" ޑރ.ޖަމީލް ސުވާލު ކުރެއްވިއެެވެ.
ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ހާއްސަކޮށްފައިވާ މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމައި ރެޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އެމްއެންޑީއެފުން އަންގައިގެން މާލެ ސިޓީކައުންސިލުންނެވެެ. މިއީ މާލޭގައި މި ފަހުން ރެޑް ޒޯންގެ ގޮތުގައި ސަރަހައްދެއް ކަނޑައެޅި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެެވެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސް އަދި އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގައިވެސް ރަތް ރޮނގެއް ނުދަމައެވެ.
ކިޔުންތެރިންގެ ހިޔާލު