ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ގެ ގޮތުގައި ކަނޑައަޅާފައިވާ އަގުތަކާއި ބެހޭ ގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.
އެމްއާރްޕީ ކަނޑައެޅުމާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޑަކްޓަރީ ބޭހުގެ އެމްއާރްޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އަސާސީ ބޭސްތަކުގެ އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅާފައިވާ އަގުތަކާ މެދު ފާމަސީ އަދި ބޭސް އެތެރެކުރާ ފަރާތްތަކުގެ ޝަކުވާއެއް ވާނަމަ އެކަން ލިއުމުން ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިގޮތަށް ހުށައެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅާފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން އެބަދަލެއް ގެނެވޭނެ ކަމަށް ހެލްތުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.
މިހާރު ކަނޑައެޅިފައިވާ އެމް.އާރް.ޕީ ކަލްކިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފް.އޯ.ބީ އަގަށް ސައްތައިންސައްތަ މާކްއަޕެއް ހިމަނައިގެން ކަމަށް އިއުލާންގައިވެއެވެެ. މިގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފާއިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާއިންނެވެ.
ފާއިތުވި ފަސްއަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް، ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް 2020 އަދި 2021 ގައި އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފް.އޯ.ބީ އަގު ނަގާފައި ވަނީ މި ދެއަހަރުގެ މައުލޫމާތަށް ބިނާކޮށް އެކަންޏެެވެ.
މި މަސައްކަތުގެ ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ތަންފީޒު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑެއްގެ) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު