ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ސަރުކާރުން އިމާރާތްކޮށްފައި ހުރި ހިޔާ ފްލެޓްތައް ތަޅާލަންވެސް މި ސަރުކާރަށް ނޭގޭނެ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން އިމާރާތްކޮށްފައި ހުރި ހިޔާ ފްލެޓްތައް ތަޅާލަން މިސަރުކާރުން ވިސްނުން ގެންގުޅުއްވި ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ ތަކަށް ރައްދުދެއްވަމުންނެެވެ.
ޝިޔާމް ވިދާޅުވީ ހިޔާ ފުލެޓްތައް ތަޅާލަން ވެސް މި ސަރުކާރުގެ ބޭފުޅުންނަށް ނޭގޭނެ ކަމަށެވެ. އަދި އެވަރުގެ ބޮޑު އިމާރާތެއް ތަޅަންވެސް ކޮންމެވެސް ވަރެއްގެ ތެތްކަމެއް ސިކުނޑީގަައި ހުންނަންޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ، ހިޔާ ފުލެޓްތައް ތަޅާލުމަކީ އޭނާ އެކަނި ނިންމާ ނިންމުމެއް ނަމަ އެތަން ތަޅާލާނެ ކަމަށެވެ.
"އެނިންމުން އަޅުގަނޑުމެންނާއި ހަމައަށް އައިއިރު، އޮތީ މަސައްކަތް ފަށާފައި. މަސައްކަތް ނުހުއްޓޭ ހިސާބަށް ކުރިއަށް ގެންގޮސްފައި. ވިސްނިން ތަޅާލަންވެސް. އަޅުގަނޑު އެކަނި ނިންމާ ނިންމުމެއްނަމަ ތަޅާލީމުސް. އޭރުވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮއްޓެކޭ. އެވާހަކަ ދައްކަން ފެށީމަ އަޅުގަނޑާއި ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވީ. މީހުން ބުނީ ހެވޭ ދޭށޭ. މިހާރު އެހުރީ ދީފައި ނިންމާފައި." އަސްލަމް ވިދާޅުވިއެވެ.

Mimeehunah yageen nengeyne Hiya flat (Kotharukoshi) thalhanves. Ei evaruge imaaraaiy thalhanves beynunvaane konmeves varehge theiykameh. "Dhen avahah ma keyle". https://t.co/M0tFHoZjSn
— Ahmed Shiyam (@Shiyamaldives) November 23, 2021
މިއަދުގެ މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ، ހިޔާ ފުލެޓްތައް ތަޅާލުމަކީ އޭނާ އެކަނި ނިންމާ ނިންމުމެއް ނަމަ އެތަން ތަޅާލާނެ ކަމަށެވެ.
"އެނިންމުން އަޅުގަނޑުމެންނާއި ހަމައަށް އައިއިރު، އޮތީ މަސައްކަތް ފަށާފައި. މަސައްކަތް ނުހުއްޓޭ ހިސާބަށް ކުރިއަށް ގެންގޮސްފައި. ވިސްނިން ތަޅާލަންވެސް. އަޅުގަނޑު އެކަނި ނިންމާ ނިންމުމެއްނަމަ ތަޅާލީމުސް. އޭރުވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮއްޓެކޭ. އެވާހަކަ ދައްކަން ފެށީމަ އަޅުގަނޑާއި ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވީ. މީހުން ބުނީ ހެވޭ ދޭށޭ. މިހާރު އެހުރީ ދީފައި ނިންމާފައި." އަސްލަމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު