2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް މިހެން ވިދާޅުވެފައި މިވަނިީ 2023 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭނެ ފަރާތަކާއި މެދު ބަހުސްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އެއްބަޔަކު ރައީސް ނަޝީދަށް ޓިކެޓް ދޭން ގޮވާލަމުންދާއިރު އަނެއް ބަޔަކު ތާއީދުކުރަނީ ރައީސް ސާލިހަށް ޓިކެޓް ދިނުމަށެވެ.
މެމްބަރު ޝަރީފް ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައި އާންމު ގޮތެއްގައި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ޕްރައިމަރީއެއް ނެތި ޓިކެޓު ހަވާލު ކުރާކަމަށެވެ. އޭގެތެރޭގައި ބާރުގަދަ އެމެރިކާއަކީ ފާހަގަކޮށްލެވޭ ގައުމެކެވެ.
ޝަރީފް ވިދާޅުވީ ވެރިކަމުގައި ހުންނަ ބޭފުޅަކަށް ދެވަނަ ދައުރަކަށް ޓިކެޓް ދޭންޖެހެނީ ގައުމާއި ވެރިކަން ކުރާ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމަށް ކަމަށެވެ. އަދި ޕްރައިމަރީއާއެކު ވެރިކަން ކުރާ ޕާޓީގެ އެތެރޭގައި "ވެރިކަމުގެ ތަޅާފޮޅުމެއް" އައިސްފިނަމަ ޕާޓީ ދެބައިވެ އޭގެ ނުރަނގަޅު އަސަރު ގައުމަށް ވެސް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވާނަމަ ޕްރައިމަރީއެއް ބާއްވަން އޭނާ ވެސް ދެކޮޅު ނޫންކަމަށެވެ. އަދި ރައީސް ނަޝީދު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާނަމަ އެކަން ނުކުރައްވަން އޭނާ އެދިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ބުއްދިވެރި ގޮތެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ޕާޓީ ބައިބައިވެގެން ހިނގައިދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެފަދަ ބައިބައިވުމުގެ ތެރެއިން ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލިގެން ދިއުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީގެ އެތެރެއިން ހަރުދަނާ ނިންމުމެއް ނިންމަން ޖެހޭ ކަމުގައި ޝަރީފް ވިދާޅުވިއެވެ. އަދި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވިއިރު، 2023 ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވައިފައެވެ. ނަމަވެސް ރައީސް ސާލިހު މިކަމާއި ވެރިކަމުގެ އިތުރު ދައުރަކަށް ވާދަކުރެއްވުމާއި ގުޅޭގޮތުން ރަސްމީކޮށް ބަހެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު