ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކުރާ "ބްރޯޑްކާސްޓަރސް ފޯރަމް" މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދަޢުވަތު ދީގެން ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިމަގާމެދު މަޝްވަރާކުރުންކަމަށެވެ. އަދި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށާއި، ކޮމިޝަންގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކޮމިޝަނުން ކުރިއަށް އޮތް އަހަރުގައި ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މަޢުލޫމާތު ބްރޯޑްކާސްޓަރުންނާ ޙިއްޞާކުރުންވެސް މި ފޯރަމްގައި އޮންނާނެކަމަށް އެކޮމިޝަނުން ބުނެއެވެ.
މީގެއިތުރުން، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު) އިސްލާޙުކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ޚިޔާލު ހޯދުމަށްވެސް މި ފޯރަމްގައި ހަމަޖެހިފައިވާކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ 2011 ވަނަ އަހަރު ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް ކޮމިޝަނުން ދީފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.

"ބްރޯޑްކާސްޓަރސް ފޯރަމް" މާދަމާ ފަށަނީhttps://t.co/F4lYDk8rgI pic.twitter.com/KHY4pSX5Ee
— MVbroadcom (@broadcomMV) November 24, 2021
މީގެއިތުރުން، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު) އިސްލާޙުކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ޚިޔާލު ހޯދުމަށްވެސް މި ފޯރަމްގައި ހަމަޖެހިފައިވާކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ 2011 ވަނަ އަހަރު ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް ކޮމިޝަނުން ދީފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.
ކިޔުންތެރިންގެ ހިޔާލު