ޖަޕާނު ސަރުކާރުން ގއ. ނިލަންދޫ ސްކޫލް ތަރައްޤީކުރުމަށް 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.
ޖަޕާނު ސަރުކާރުން ފޯރުކޮށްދިން 75679 އެމެރިކާ ޑޮލަރު ނުވަތަ 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީއަކީ ޖަޕާން ސަރުކާރުގެ ގްރާންޓް އެސިސްޓެންސް ފޯރ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް ސްކީމްގެ ދަށުން ފޯރުކޮށްދީފައިވާ އެހީތެރިކަމެކެވެ.
ޖަޕާނު ސަރުކާރުން ފޯރުކޮށްދިން އެހީ ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ނިލަންދޫ ސްކޫލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްކޫލްގެ ޕްރިންސިޕަލް ޚަދީޖާ އިބްރާހިމެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މިއެހީގެ ދަށުން ނިލަންދޫ ސްކޫލްގައި ލައިބްރަރީއެއް ޤާއިމުކުރުމާއި އެސްކޫލްގެ ގުރޭޑު 1 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކްލާސްރޫމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިއެހީގައި ތަރައްޤީކުރެވޭ ޢިމާރާތްތަކަކީ ދިމާވާ ގުދުރަތީ ކާރިޘާ ތަކުގައާއި ކުއްލި ޙާލަތްތަކުގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެވޭނެ ފަދަ ގޮތަކަށް އިމާރާތްކުރާ ތަންތަނެވެ.
ޖަޕާން ފާހަގަކުރެވެނީ ރާއްޖޭގެ ތަޢުލީމާ އަދި އިޖުތިމާޢީ އަދި ސެކިއުރިޓީ ކަށަވަރުކުރުމުގެ ދާއިރާއިންވެސް ދުވަސްވީ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން 1980ގެ އަހަރުތަކުން ފެށިގެން އެޤައުމުން އަންނަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ބޮޑެތި އެހީތައް ފޯރުކޮށް ދެމުންނެވެ. އެގޮތުން މިވަގުތުވެސް މާލެއާއި އަތޮޅުތަކުގައި ހުރި ބައެއް ފާހަގަކޮށްލެވޭ ސްކޫލްތަކަކީ ޖަޕާން ސަރުކާރުގެ އެހީގައި ޢިމާރާތްކޮށްފައިވާ ސްކޫލްތަކެވެ.

Signing of grant agreement between the Government of Japan and Ga. Nilandhoo School to provide an aid of MVR 1,166,970 for upgrading Ga. Nilandhoo School under Japan’s Grant Assistance for Grass-Roots Human Security Projects (GGP) scheme. pic.twitter.com/02MGj99PMR
— Ministry of Education (@MoEdumv) November 24, 2021
މިއެހީގެ ދަށުން ނިލަންދޫ ސްކޫލްގައި ލައިބްރަރީއެއް ޤާއިމުކުރުމާއި އެސްކޫލްގެ ގުރޭޑު 1 ގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކްލާސްރޫމެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިއެހީގައި ތަރައްޤީކުރެވޭ ޢިމާރާތްތަކަކީ ދިމާވާ ގުދުރަތީ ކާރިޘާ ތަކުގައާއި ކުއްލި ޙާލަތްތަކުގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެވޭނެ ފަދަ ގޮތަކަށް އިމާރާތްކުރާ ތަންތަނެވެ.
ޖަޕާން ފާހަގަކުރެވެނީ ރާއްޖޭގެ ތަޢުލީމާ އަދި އިޖުތިމާޢީ އަދި ސެކިއުރިޓީ ކަށަވަރުކުރުމުގެ ދާއިރާއިންވެސް ދުވަސްވީ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން 1980ގެ އަހަރުތަކުން ފެށިގެން އެޤައުމުން އަންނަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ބޮޑެތި އެހީތައް ފޯރުކޮށް ދެމުންނެވެ. އެގޮތުން މިވަގުތުވެސް މާލެއާއި އަތޮޅުތަކުގައި ހުރި ބައެއް ފާހަގަކޮށްލެވޭ ސްކޫލްތަކަކީ ޖަޕާން ސަރުކާރުގެ އެހީގައި ޢިމާރާތްކޮށްފައިވާ ސްކޫލްތަކެވެ.
ކިޔުންތެރިންގެ ހިޔާލު