އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ދައުލަތުގެ ބަޖެޓަށް ވޯޓް ނުދިނުމަކީ ލަދުވެތި އަދި ދެރަވަރުގެ ކަމެއްކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާހް މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ބަޖެޓަށް ވޯޓަށް އެހިއިރު އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓް ނުދިނުމުންނެވެ.

އަލްހާން ވިދާޅުވީ 2022 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ އުންމީދީ ބިނާކުރަނިވި ބަޖެޓެއްކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން ބަޖެޓް އަމާނާތްތެރިކަމާއެކީ ތަންފީޒު ކުރައްވާނެ ކަމާމެދު ސުވާލެއް ނެތްކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ މިއަދު ބަޖެޓް ފާސްކުރިއިރު، އިދިކޮޅު ޕީޕީއެމުން ބަޖެޓަށް ވޯޓު ނުދިނުމަކީ ލަދުވެތި އަދި ދެރަވަރު ކަމެއްކަމަށެވެ.



ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރުމާއި ދެކޮޅަށް އިދިކޮޅު 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. 2022 ވަނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 36.999 ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލީހަށް ހުށައެޅި ރިޕޯޓްގައި ވަނީ 2022 ވަނަ އަހަރަށް ލަފާކޮށް ފިނޭންސުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 36.925 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން އިތުރުވި 73.856 މިލިއަން ރުފިޔާއާއެކު 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ޖުމްލަ ބަޖެޓުގެ އަދަދަކީ 36.999 ބިލިއަން ރުފިޔާ ކަމަށެވެ.

އިދިކޮޅުގައި މިހާރުވެރިކަންކުރާ އެމްޑީޕީ އޮތްއިރު ނިމިދިޔަ ޕީޕީއެމް ސަރުކާރުން ހުށައެޅި ބަޖެޓު ތަކަށް ވެސް އެމްޑީޕީ ވޯޓު ދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-1

ފެއިލިޔަރ

25-Nov-2021

އަމިއްލައަށް ރުލަވަންޓުވާން އުޅުނަސް ތީ މިހާރު މީހަކު ބަލައިގަންނަ މީހެއް ނޫން