އަހުމަދު މަސްނޫމް   24 ނޮވެމްބަރު 2021 - 22:5
ކުޅިވަރާއި މިއުޒިކީ ދާއިރާއިން ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއްކަމަށްވާ ހެންވޭރު ތަރަބޫޒުގޭ އަހުމަދު ރިޒާ (ތަރަބޫޒު ރިޒާ) މިއަދު ނިޔާވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާ ނިޔާވީ ހިތުގެ ބައްޔަކަށް ފަރުވާ ކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ. އެގޮތުން ހިތުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، ތިން ވޭލެއް ބަދަލުކޮށްފައިވާކަމަށްވެސް އޭނާގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ތަރަބޫޒު ރިޒާއަކީ ލަވަކިޔައި ބެރު ޖެހުމުގެ އިތުރުން، މިއުޒިކީ އެކި މަސައްކަތްތަކުގައި ފާހަގަކޮށްލެވުނު ފަންނާނެކެވެ. މީގެއިތުރުން ކުޅިވަރުގެ ދާއިރާއިން ޤައުމީ ފެންވަރުގައި އޭނާ ވަނީ ހޮކީ ވެސް ކުޅެފައެވެ. އަދި ރިޒާ އަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެޗުގައި ރޮނގު ބެލެހެއްޓި ލައިންސްމަނެކެވެ. މީގެއިތުރުން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ މެޗުތަކާއި އަތޮޅު ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ވެސް ކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު