ރާއްޖޭގައި ކޮވިޑް ކޮންޓްރޯލުކުރުމަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ވެސް ޓެސްޓު ހަދަން ސާމްޕަލް ނުދިނުން ކަމަށް އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިންް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން އެ އެޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ މީހުން ވެސް ސާމްޕަލް ދިނުމަށް އިންކާރުކުރާ ކަމަށާއި އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެެ. ރެންޑަމް ސާމްޕަލް ނަގާއިރު އެކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިން ހަދަން ގުޅުމުން ވެސް ބައެެއް ފަރާތްތަކުން މުހިންމު މައުލޫމާތު ކަމަށް ނުދެކި ސައްހަ މައުލޫމާތު ނުދޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެެވެ. އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ ކޮންޓެކްޓް ޓްރޭސިނުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެެވެ.
"ކޭސްތައް މެއިންޓެއިން ކުރެވިފައި ހުންނަ ދަނޑިވަޅެއްގައި އެހެން ހީވެދާނެ، ހަގީގަތަކީ ކޭސްތައް އިތުރުވެ، ކުރިން އޮތް ހާލަތަކަށް ނަމްބަރުތައް ދިޔައީމަ އޭގެން އެނގިގެން ދާނެ މިއީ ކުރެވޭ ކުށް ހީއެއްކަން." ޢަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ބޭރަށް ނުކުންނައިރު މާސްކު ރަނގަޅަށް އެޅުމަށް ޚާއްސަ ސަމާލު ކަމެއް ދޭންޖެހޭ ކަމަށާއި، މާސްކު ނާޅައި ބޭރަށް ނުކުންނަ ހާލަތަށް އަދި ނުދާ ކަމަށެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރު ތެރޭގައި ނޫޅުމަށާއި މީހުން އެއްވާ ތަންތަނަށް ދާނަމަ ގައިދުރުކަން ބަހައްޓައި އާންމު ސާފުތާހިރު ކަމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު