ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް އޮތުމުން އޭނާގެ މަގާމް ހުސްވެއްޖެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން މިރޭ ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްމުކުލްސޫމްގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ކުޑަހުވަދޫ މެޖިސްޓްރޭޓުގެ މަގާމް ހުސްވެފައިވާ ކަމަށް ވެސް މިރޭ ކަނޑައަޅާފައިވާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާ ކަމެއްކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން