ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ކެޓްރީނާ ކައިފާއި ވިކީ ކައުޝަލްގެ ކައިވެނި އަންނަ މަހު ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.


ރިޕޯޓްތައް ބުނަނީ މި ކައިވެނި އަދިވެސް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައި ކަމަށެވެ. އެކަން އެގޮތަށް އޮތް ނަމަވެސް، މި ޖޯޑު ކައިވެނިކުރަން ހަމަޖެހިފައި ވަނީ މުމްބާއީގެ ކޯޓެއްގައި އަންނަ މަހުގައެވެ.

މިއަށްފަހު ދެ ތަރިންގެ ކައިވެނީގެ ހަަފްލާގެ ކަންކަން ކުރިއަށް ދާނީ ރާޖަސްތާންގައެވެ. ރިޕޯޓްތައް ބުނަނީ އެ ސަރަހައްދުން ހޮޓާތައް ބުކް ކުރަމުންދާ ކަމަށާއި، އެކަމަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިގފައިވާ ގޮތުން މި ދެތަރިންގެ ކައިވެނި ހަފްލާ އޮންނާނީ ސިކްސް ސެންސް ފޯޓް ހޮޓެލްގައެވެ. އަދި އެ ހަފްލާ ވެގެން ދާނީ ވަަރަށް ވީއައިޕީ ވެޑިންގ ހަފްލާއަކަށް ކަމަށް ބުނެފައިވާއިރު، އެ ހަފްލާގެ އެކި ކަންކަމަށް ހާއްސަ ކުންފުނިތަކެއް ވެސް ވަނީ ހަމަޖައްސާފައެވެ.

އެ ކައިވެންޏަށް މިހާރު މާ ގިނަ ދުވަހެއް ނެތްއިރު، ގިނަ ބައެއް ތިބީ މި ކައިވެނީގެ އިންތިޒާރުގައެވެ. މިހާރު އެންމެ ބޮޑަށް ވާހަކަދެެކެވެނީ ވެސް މި ދެ ފަންނާނުންގެ ކައިވެނީގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު