މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ބަޖެޓަށް ވޯޓް ނުދިނަސް، އެ ދާއިރާތަކުގެ ތަރައްޤީ ކުރިއަށްދާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) މިހެން ވިދާޅުވެފައި މިވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ވޯޓް ދިނުމަށް އިދިކޮޅުން ދެކޮޅު ހަދާފައި ވަނިކޮށެވެ. މިގޮތުން އެންމެފަހުން މަޖިލީހުގައި ބަޖެޓަށް ވޯޓަށް އެހުމުން އިދިކޮޅު މެމްބަރުން ވޯޓުދެއްވީ ބަޖެޓާއި ދެކޮޅަށެވެ.
މިކަމާއި ގުޅިގެން މޫކޭ ވަނީ މީގެކުރިން ބަޖެޓަށް ވޯޓް ނުދިނުމާއި ގުޅިގެން ކުރީގެ ސަރުކާރުން ދެއްކި ބައެއް ވާހަކަތައް ހަނދާންކޮށްދެއްވާފައެވެ. މިގޮތުން ކުރީން ބަޖެޓަށް ވޯޓް ނުދީފިނަމަ ދާއިރާގެ ތަރައްގީ ކުރިއަށްނުދާނެކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި މިނިސްޓަރުން ވިދާޅުވެފައިވާކަން މޫކޭ ފާހަގަކުރެއްވިއެވެ.
މޫކޭ ވިދާޅުވީ ކުރިން ދާއިރާގެ ތަރައްގީއާއި މަޖިލީހުގެ މެމްބަރުން އަމަލުކުރާ ގޮތާއި ގުޅިފައި އޮތްނަމަވެސް މިހާރު އެކަންކަން ބަދަލުވެފައިވާކަމަށެވެ. އެގޮތުން ވޯޓް ދިނަސް، ނުދިނަސް ދާއިރާތަކުގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރާއި މިހާރުގެ އެންމެ ބޮޑު ތަފާތަކީ އެއީކަން ވެސް މޫކޭ ފާހަގަކުރެެއްވިއެވެ.
"ވޯޓް ދިނަސް، ނުދިނަސް ދާއިރާތަކުގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާނެ. އޭރާއި މިހާރުގެ އެންމެ ބޮޑު އެއް ތަފާތަކީ މިއީ." މޫކޭ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ 36.99 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ ފާސްކޮށްފައެވެ. 64 މެމްބަރުން ބަޖެޓް ފާސްކުރުމަށް ވޯޓް ދެއްވިއިރު، އިދިކޮޅު 8 މެމްބަރަކު ބަޖެޓަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
ސަރުކާރުން ބުނާގޮތުން އަންނަ އަހަރުގެ ބަޖެޓަކީ ތަރައްގީގެ ގިނަ މަަސައްކަތްތަކެއް ހިންގުމަށް ރާވާފައިވާ ބަޖެޓެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު