ފުލުހުންގެ ގާނޫނުން ހޯމް މިނިސްޓަރަށް ލާޒިމްކުރާ ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމެންޓްސް، (އެސްޕީއާރު) ކަނޑައަޅައިފިއެވެ.
ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމެންޓްސަކީ ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސައްކަތް ކަނޑައެޅޭ ވަކި ތަރުތީބަކުން ރާވައިގެން ކުރިއަށްދިއުމަށްޓަކައި ހޯމް މިނިސްޓަރަށް ލިބޭ ބާރުގެ ދަށުން ކަނޑައަޅާ ސިޔާސަތެކެވެ.
ސްޓްރެޓެޖިކް ޕޮލިސިން ރިކުއާމެންޓްސާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އެސްޕީއާރުގެ ސަބަބުން ފުލުހުން އަމާޒު ހިފަން ސަރުކާރުން އެދޭ މިސްރާބު ސާފުވެ، ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި މިއީ ފުލުހުންގެ ތަރައްގީއަށް ކުރާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
އެސްޕީއާރާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މީގެ 8 އަހަރު ކުރިން ފުލުހުންގެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ހިނގިއިރު ހުށަހެޅި މިހުށަހެޅުުން 2020 ގައި އެކުލަވާލެވުނު ގާނޫނުގައި ހިމެނި، ފުލުހުންގެ ކަންކަމަށް ޒިންމާވާ މިނިސްޓަރުގެ އެންމެ މަތީ އިރުޝާދުގެ ގޮތުގައި މިކަރުދާސް އެކުލަވާލެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
ހޯމް މިނިސްޓްރީން އާއްމުކުރި އެސްޕީއާރުގައިވާ ގޮތުން އެ ސިޔާސަތުތަކުގައިވާ ކަންތައްތައް ހާސިލުކުރުމުގައި ހިފަހައްޓަން ޖެހޭ މައިގަނޑު އަށް ހަމައެއް އެބައޮތެވެ. ފުރަަތަމަ ކަމަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމާއި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަަރުކޮށްދޭ ހައްގުތައް ރައްކާތެރިކުރުމާއި މީހުންގެ އަބުރާއި ކަރާމަތާއި މުދަލަށް ރައްކާތެރިވުން، ލާމަރުކަޒީ އުސޫލުތައް، ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާއި، ސަރުކާރުގެ އެހެން އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމާއި، އަދި އެހެން ގައުމުތަކުގެ ފުލުހުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކުރުމެވެ.
ފުލުހުން ހިފަހައްޓަން ޖެހޭ ހަމަތަކުގެ އިތުރުން އެސްްޕީއާރްގައި ތަފްސީލުކޮށް ކަނޑައަޅާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގައި ސަމާލުކަން ދޭންވީ ދާއިރާތައް ހިމެނެއެވެ.
ހޯމް މިނިސްޓްރީން ބުނީ 'ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ކަނޑައެޅުމުގައި މިނިސްޓަރު ރިއާޔަތް ކުރެއްވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ރޫހަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތަށާއި، ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުންއަންނަ ގޮންޖެހުންތަކަށާއި، ދިވެހިރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުންއަންނަ ގޮތަށް ކަމަށެވެ.

SPR ge sababbun fuluhun amaazuhifan sarukaarun edhey misraabu saafuvaane, Fuluhunge muassasaa tharahqeekoh, qaumuge salaamathaa rahkaatherikan kashawarukurumah ithurah magufahivegendhaane. Mee fuluhunge tharahqee ah kuraa masahkathah ithuruvi bolheh.https://t.co/XWLdsUQoxd pic.twitter.com/3OBRrjk6O2
— Imran Abdulla (@ShimranAb) November 25, 2021
ހޯމް މިނިސްޓްރީން އާއްމުކުރި އެސްޕީއާރުގައިވާ ގޮތުން އެ ސިޔާސަތުތަކުގައިވާ ކަންތައްތައް ހާސިލުކުރުމުގައި ހިފަހައްޓަން ޖެހޭ މައިގަނޑު އަށް ހަމައެއް އެބައޮތެވެ. ފުރަަތަމަ ކަމަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ހިފެހެއްޓުމާއި، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަަރުކޮށްދޭ ހައްގުތައް ރައްކާތެރިކުރުމާއި މީހުންގެ އަބުރާއި ކަރާމަތާއި މުދަލަށް ރައްކާތެރިވުން، ލާމަރުކަޒީ އުސޫލުތައް، ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާއި، ސަރުކާރުގެ އެހެން އިދާރާތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމާއި، އަދި އެހެން ގައުމުތަކުގެ ފުލުހުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާ ގުޅުން ބަދަހިކުރުމެވެ.
ފުލުހުން ހިފަހައްޓަން ޖެހޭ ހަމަތަކުގެ އިތުރުން އެސްްޕީއާރްގައި ތަފްސީލުކޮށް ކަނޑައަޅާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމުގައި ސަމާލުކަން ދޭންވީ ދާއިރާތައް ހިމެނެއެވެ.
ހޯމް މިނިސްޓްރީން ބުނީ 'ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް' ކަނޑައެޅުމުގައި މިނިސްޓަރު ރިއާޔަތް ކުރެއްވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ރޫހަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތަށާއި، ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް މެދުވެރިވަމުންއަންނަ ގޮންޖެހުންތަކަށާއި، ދިވެހިރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުންއަންނަ ގޮތަށް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު