އަހުމަދު މަސްނޫމް   26 ނޮވެމްބަރު 2021 - 0:34
މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ޖިހާދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

އިބްރާހީމް ޖިހާދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރަށްވާފައިވާއިރު، އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރާކާތްތަކެއް ފެށިގެން ދަނީ ކުރިއަށެވެ.

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި އިބްރާހިމް ޖިހާދަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތްރީ އޭ ކުންފުނީގެ ޑިރެކްޓަރެކެވެ. އަދި ކެރަމް އެސޯސިއޭޝަންގެ ރައީސްވެސްމެއެވެ.

މީގެއިތުރުން ޖިހާދުއަކީ ބިލެއްދޫ ދާއިރާ ކުރީގެ މެމްބަރު ހަމްޒާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ކޮއްކޯފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު