މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ހއ.ހޯރަފުއްޓާއި ކ.ގާފަރުގެ އައިސްޕްލާންޓުން ހިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ މިފްކޯއިން މިހާރު 4 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށެވެ. އަދި މީގެތެރެއިން 2 އައިސްޕްލާނެޓެއް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިހާރު މިފްކޯގައި 20 އައިސްޕްލާންޓު ހުރިއިރު، އިތުރު 4 އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އަންނަ މަހުގެ 10ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ މަސްވެރިންގެ ދުވަހު، ހއ. ހޯރަފުށްޓާއި ކ. ގާފަރުގެ އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅުތަކުގައި 17 އައިސްޕްލާންޓު އޮޕަރޭޓްކުރަމުންދާއިރު، އެއީ ގާތްގަނޑަކަށް 730 ޓަނުގެ ކެޕޭސިޓީކަމަށް އިސްމާޢީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކުންފުނީގައި އައިސް ފޯރުކޮށްދިނުމުގެ ކެޕޭސިޓީ އެބަހުރިކަމަށްވެސް އިސްމާޢީލް ވިދާޅުވިއެވެ.

މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެކި ހިސާބުތަކުން މަސް ކިރޭނެ އިންތިޒާމްވެސް ދަނީ ހަމަޖައްސަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު