ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ކަމެއް ގޯސްވާނީ ކިހާވަރަކަށް އެކަމެއް ގޯސްވީމާތޯއޭ ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލުކުރައްވައިފިއެވެ.
ޑރ. ޖަމީލު މި ސުވާލު ކުރައްވާފައި މިވަނީ ރައީސް ސާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޔޫތު މިނިސްޓަރާއި ދެކޮޅަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ފޮނުވުމާއި ގުޅިގެނެވެ.
ޑރ. ޖަމީލު ވިދާޅުވީ ދިވެހި ތާރީޚް ދުށް ސީރަތާއި ސޫރަތް އެންމެ ގޯސް ވެރިކަން ކުރަނީ ރައީސް ސާލިހުކަމަށެވެ. އެގޮތުން ކޮރަޕްޝަންގެ ތުހުމަތު ބަލައި ދައުވާކުރީމާވެސް ވަޒީރު ހުންނަވަނީ މަޤާމުގައިކަމަށް ޖަމީލު ވިދާޅުވިއެވެ.
'މަނިކުފާނަށް ކަމެއް ނުތާހިރުވަނީ ކިހާވަރެއް ވީމާތޯ؟ މަނިކުފާނު ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ބަޔާންކުރައްވަނީ ކިހިނެއްތޯ؟" ޖަމީލު ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ޕީޖީން ވަނީ އުފުލާފަައެވެ.
ޕީޖީ އޮފީހުން ބުނީ އެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާ މަޚުލޫފްގެ މައްޗަށް އުފުލައި އެމައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެެ.
މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭނާ ކުރިން ވިދާޅުވީ މިމައްސަލައިގައި ދައުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށެވެ. ނަމަވެސް މިހާރު ވިދާޅުވަނީ ޕީޖީ އުޅުއްވާނީ ޒާތީވެގެންކަމަށާއި، ދައުވާ ކުރިއަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ދިވެހި ތާރީޚް ދުށް ސީރަތާއި ސޫރަތް އެންމެ ގޯސް ވެރިކަން މިކުރަނީ @ibusolih މަނިކުފާަނު ނޫންތޯ؟ ކޮރަޕްޝަންގެ ތުހުމަތު ބަލައި ދައުވާކުރީމާ ވެސް ވަޒީރު މަޤާމުގައި.މަނިކުފާނަށް ކަމެއް ނުތާހިރުވަނީ ކިހާވަރެއް ވީމާތޯ؟ މަނިކުފާނު ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސް ބަޔާންކުރައްވަނީ ކިހިނެއްތޯ pic.twitter.com/0Huiu8SKF6
— Mohamed Jameel Ahmed (@MJameelAhmed) November 25, 2021
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ޕީޖީން ވަނީ އުފުލާފަައެވެ.
ޕީޖީ އޮފީހުން ބުނީ އެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، އޮގަސްޓް 27، 2014 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ރިޝްވަތު ހިފުމުގެ ދައުވާ މަޚުލޫފްގެ މައްޗަށް އުފުލައި އެމައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެެ.
މަހްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭނާ ކުރިން ވިދާޅުވީ މިމައްސަލައިގައި ދައުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށެވެ. ނަމަވެސް މިހާރު ވިދާޅުވަނީ ޕީޖީ އުޅުއްވާނީ ޒާތީވެގެންކަމަށާއި، ދައުވާ ކުރިއަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު