"ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް ތްރީ ޑިފަރެންޓް އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިމުމުގެ

ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.



ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސެންޓާރާ ރަސްފުށީގެ އޭރިއާ ޖެނެރަލް މެނޭޖަރ މިސް ޕްރަޕައިޖިޓް ތޮންގްމާއާއި، ނިރާސް އިންޓަރނޭޝަނަލް ކޮންސަލްޓިންގ ގެ ޑައިރެކްޓަރ އޮފް ޕޯޓްސް އެންޑް މެރިޓައިމް މރ. ޖެސްޕަރ ހާރޑަރއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



މި މަޝްރޫޢުގެ ދަށުން، ވައްޓަރުފަޅު ފަރުގައި އޮންނަ 3 އާރޓިފިޝަލް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް ހިމެނެއެވެ. ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން އެމްޓީސީސީއާއި ޙަވާލުކުރި މި މަޝްރޫއަކީ 26.29 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުނީ 24 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ.

މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު