ބަލްކަން ސަރަަހައްދުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް ޚާއްސަ ކެމްޕެއިންތަކެއް އެމްއެމްޕީއާރުސީން ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަނުން ބުނީ މިއީ 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކެމްޕެއިނެއް ކަމަށާއި އެގޮތުން މި ކެމްޕެއިންތައް ކުރިއަށް ދާނީ މިއަހަރުގެ ނޮވެމްބަރުމަހުގެ ފެށިގެން އަންނަ އަހަރުގެ މާޗުމަހުގެ ނިޔަލަށްކަމަށެވެ.

މި ކެމްޕެއިންތަކުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހަންގޭރީ، ސްލޮވޭކިއާ، ކްރޮއޭޭޝިއާ، ސަރބިއާ އަދި ރޮމޭނިއާގައެވެ. އެމްއެމްޕީއާރުސީން ވިދާޅުވީ މި މާރކެޓުތަކުން ރާއްޖެ އަންނަ ފަތުރުވެރުވެރިންގެ އަދަދާއި، ރާއްޖެއަށް މި މަންޒިލްތަކުން ލިބޭ ތަރުހީބަށް ބަލާއިރު މިއީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭ އުންމީދީ މާކެޓްތަކެއް ކަމަށެވެ.

މި ކެމްޕެއިންތަކުގެ ދަށުން ހަންގޭރީގައި އައުޓްޑޯ އެޑްވަޓައިޒިން ހަރަކާތްތަކަކާއި، ވާޗުއަލް އިވެންޓުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މާކެޓްތަކުން މީޑިއާ އަދި އިންފްލުއެންސަރުން ފެމިލިއަރައިޒޭޝަން ދަތުރުތަކުގައި ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕެއިންތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ ބަލްކަން ރީޖަންގެ ޤައުމުތަކުގެ ޤައުމުތކުގެ ފަތުރުވެރިން ދަތުރު ކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މިއީ ބަލްކަން ރީޖަންގައި ރާއްޖެ މާކެޓްކުރުމަށް އެމްއެމްޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގާ ކެމްޕެއިންތަކެކެވެ. މި ސްޓްރެޓަޖީގެ މަޤްސަދަކީ ބަލްކަން ޤައުމުތަކުގެ ފަތުރުވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓުހައުސް އަދި ސަފާރީތައް އިސްތިހާރުކުރުމާއި، ރާއްޖެއިން ލިބެން ހުރި ފަތުރުވެރިކަމުގެ ޚިދުމަތްތައް ޕްރޮމޯޓުކުރުން ކަމަށް އެމްއެމްޕީއާސީން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު