ޓްރަސްޓް ފަންޑެއް ގާއިމްކޮށް، އަންނަ އަހަރުން ފެށިގެން "ބްރޯޑްކާސްޓް އެވޯޑް" ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިކަން އިއުލާންކުރެއްވީ އެ ކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ކްރޮސްރޯޑްސްގައި ބޭއްވި "ބްރޯޑްކާސްޓާސް ފޯރަމް"ގައެވެ.
ކޮމިޝަނުން ވިދާޅުވީ ޓްރަސްޓް ފަންޑެއް ގާއިމްކުރަނީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް މަގުފަހިކުރުމަށާއި ބްރޯޑްކާސްޓަރުންނަށް މާލީ އެހީ އާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ. އަދި"ބްރޯޑްކާސްޓް އެވޯޑް"އަކީ ބްރޯޑްކާސްޓަރުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ދޭން ނިންމާފައިވާ އެވޯޑެއްކަމަށެވެ.
އިއްޔެ ބޭއްވި ބްރޯޑްކާސްޓާޒް ފޯރަމްގައި ބްރޯޑްކާސްޓިންގ ދާއިރާއަށް މިހާރު ކުރިމަތި ވެފައިވާ ގޮންޖެހުންތައް އަދި އެކަންކަން ހައްލު ކުރުމަށް ކޮމިޝަނުންނާއި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރިއެވެ.އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ނުވަތަ މަދުކުރުމަށް ކުރެވިދާނެކަމަށް ފެންނަ ކަންތައްތައް ގްރޫޕް މަޝްވަރާތަކަށްފަހު ލިޔުމުން އެކުލަވާލާފައިވާ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.
ބްރޯޑްކާސްޓާޒް ފޯރަމްގެ ތެރެއިން ވަނީ މިހާރު އަމަލުކުރަމުންދާ ކޯޑް އޮފް ޕްރެކްޓިސް އިތުރަށް ހަރުދަނާކޮށް، އިސްލާހުކުރުމަށްވެސް މަޝްވަރާކުރައްވާފައެވެ. އަދި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށާއި، ކޮމިޝަންގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކޮމިޝަނުން ކުރިއަށް އޮތް އަހަރުގައި ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މަޢުލޫމާތު ބްރޯޑްކާސްޓަރުންނާއި ވަނީ ހިއްސާކޮށްފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ 2011 ވަނަ އަހަރު ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް ކޮމިޝަނުން ދީފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.

Broadcasters Forum 2021
— MVbroadcom (@broadcomMV) November 25, 2021
Broadcom has successfully concluded a very historic and a productive forum. We are very grateful for all the broadcasters who attended the forum and contributed immensely towards the future of broadcasting in the Maldives. 🤝🙏 pic.twitter.com/GZP8QOFo1g
އިއްޔެ ބޭއްވި ބްރޯޑްކާސްޓާޒް ފޯރަމްގައި ބްރޯޑްކާސްޓިންގ ދާއިރާއަށް މިހާރު ކުރިމަތި ވެފައިވާ ގޮންޖެހުންތައް އަދި އެކަންކަން ހައްލު ކުރުމަށް ކޮމިޝަނުންނާއި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރިއެވެ.އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ނުވަތަ މަދުކުރުމަށް ކުރެވިދާނެކަމަށް ފެންނަ ކަންތައްތައް ގްރޫޕް މަޝްވަރާތަކަށްފަހު ލިޔުމުން އެކުލަވާލާފައިވާ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.
ބްރޯޑްކާސްޓާޒް ފޯރަމްގެ ތެރެއިން ވަނީ މިހާރު އަމަލުކުރަމުންދާ ކޯޑް އޮފް ޕްރެކްޓިސް އިތުރަށް ހަރުދަނާކޮށް، އިސްލާހުކުރުމަށްވެސް މަޝްވަރާކުރައްވާފައެވެ. އަދި ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށާއި، ކޮމިޝަންގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކޮމިޝަނުން ކުރިއަށް އޮތް އަހަރުގައި ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މަޢުލޫމާތު ބްރޯޑްކާސްޓަރުންނާއި ވަނީ ހިއްސާކޮށްފައެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ 2011 ވަނަ އަހަރު ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް ކޮމިޝަނުން ދީފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.
ކިޔުންތެރިންގެ ހިޔާލު