ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު ފައިސަލް ރައީސް މައުމޫނާއެކު
ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު ފައިސަލް ރައީސް މައުމޫނާއެކު
ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު ފައިސަލްގެ މަސްލަހަތު އޮންނަ އެލްއެފް ކޮންސްޓްރަކްޝަނަށް މަޝްރޫއުތައް ދިނުން ފިނޭންސް މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ސަރުކާރުގެ މަގާމެއްގައި ޔޫއޭއީގަައި ދިރިއުޅުއްވާ ފައިސަލްގެ މަސްލަހަތު އޮންނަ ކުންފުންޏަށް މަޝްރޫއުތައް ދިނުން މެދުކަނޑާލީ އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއުތައް ލަސްވެ ގެއްލުންވަމުންދާތީއެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް ކުންފުންޏެއް ސަސްޕެންޑްކުރި ފަހަރެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެއެވެ. މި ގަވައިދުގެ ދަށުން މައްސަލަ ބަލައި ފިނޭންސް މިނިސްޓްރީގެ ރިވިއު ކޮމިޓީން ވަނީ އެލްއެފް ކޮންސްޓްރަކްޝަނާއި ސަޕްލަޔަރެއް ކަމަށްވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމްސްއަށް ފިޔަވަޅު އަޅާފައެވެ.

ފިނޭންސްގެ ވެބްސައިޓުގައިވާ ގޮތުގައި ށ. ފޯކައިދޫގެ ކޮމިއުނިޓީ ސެންޓަރު އަޅަން އެލްއެފް ކޮންސްޓްރަކްޝަނާ ވަނީ ހަވާލުކޮށްފައެވެ. އަދި އެކުންފުނި ސަސްޕެންޑްކުރުމަށް އަހަރެއްހާ ދުވަހަށް އެ ކުންފުންޏަށް ދައުލަތުގެ އެހެން އެއްވެސް މަޝްރޫއެއް ހަވާލެއް ނުކުރެވޭނެއެވެ.

ހަވާލުކޮށްފައިވާ މަޝްރޫއުތައް ލަސްވެ ގެއްލުންވަމުންދާތީ އެލްއެފް ކޮންސްޓްރަކްޝަންއާމެދު ފިޔަވަޅު އަޅާފައިވާއިރު، މިހާރު މައްސަލަ ބޮޑުވެގެން އުޅޭ އަރަބިއްޔާ ސްކޫލްގެ އިމާރާތް ވެސް އެޅީ އެ ކުންފުނިންނެވެ. އެ ސްކޫލްގެ ވިޝުއަލް އިނިސްޕެކްޝަނެއް ހެދުމަށްފަހު އެ ހެދި ފަރާތުން އާންމުކުރި ރިޕޯޓުގައި ވަނީ އެ ސްކޫލް ހުސްކުރުމަށް އަންގާފައެވެ. އަދި ސްޓްރަކްޗަރަލް އިންޓެގްރިޓީ ޔަޤީން ކުރުމަށް އެސެސްމެންޓެއް ހެދުމަށް ވަނީ ލަފާ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު


8

ހޭއަރާށޭ

01-Dec-2021

ތިޔަ ކުންފުނި އިވާލަންވީ. އެސެސްމަންޓް ހަދާވަރުގެ މައްސަލައެއް ނޫން ތީކީ. އެއަށްވުރެން ފާޅުކަން ބޮޑު. މިރާއްޖެ ހިމެނޭ ސަރަހައްދުގައި ލޮނުފެން ހުރިތޯ އެސެސްމެންޓް ހަދަންވީނު. ކަލާފާނު ސްކޫލް ބައުވެ މިގޮތަށް ހަލާކު ނުވަނީ ކީއްވެ