ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ފ. ނިލަންދޫގައި ފަށައިފިއެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ޚާއްސަ ހަރަކާތެއް ނިލަންދޫގައި ފެށީ އެޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިސްވެ ހުންނަވައިގެންނެވެެ. އެ ހަރާކަތަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން އާއިޝަތު ނަހުލާ ވަނީ ނިލަންދޫ އަށް ވަޑައިގެންފައެވެ.
މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޖުމުހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ނިލަންދޫއަށް ކުރާ މިދަތުރަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ފަށާފައިވާ "ރަށު ދަތުރު" ގެ ތެރެއިން ދަތުރެއް ކަމަށެވެ. އަދި މި ދަތުރަކީވެސް ކަނބަލުން އަދި ވަކިން ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އިސްނަންގަވައިގެން ކުރައްވާ ދަތުރެއް ކަމަށް އަލީ ސޯލިހް ވިދާޅުވިއެެވެ.
އަލީ ސޯލިހް ވިދާޅުވީ މި ދަތުރުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ޖުމުހޫރީ ޕާޓީއަށް ގުޅޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ.
"މިއަދުވެސް ރާއްޖޭގެ ތިން ސަރަހައްދެއްގަ އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށްދާނެ." ޖުމުހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކާއި ގުޅޭގޮތުން މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އަލީ ސޯލިހް ވިދާޅުވިއެވެ.
މި ދަތުރުގައި ޖުމުހޫރީޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އިތުރަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 15 ކަނބަލުން ބައިވެރިވެއެވެެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްނަންގަވައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި، ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް އެޕާޓީން ވަނީ ފަށާފައިވަނީ މިމަހުގެ އެގާރަވަނަ ދުވަހު ކަމަށް އެޕާޓީން ބުނެ އެވެ.
މި ސިލްސިލާގެ އެންމެ ފުރަތަމަ ދަތުރުގައި ގޮސްފައިވަނީ ކ. ދިއްފުއްޓަށެވެ. އެދަތުރުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖުމުހޫރީ ޕާޓީއަށް ސޮއިކޮށްފައެެވެ. ނިލަންދޫގައި މިއަދު ކުރިއަށް ގެންދާ ހަރަކާތަކީ މިގޮތުން ބޭއްވި ފަސްވަނަ ހަރަކާތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.
ދާދިފަހުން ޖުމުހޫރީ ޕާޓީން ވަނީ އެޕާޓީއާއި ގުޅުނު ގިނަ އަދަދެއްގެ މެމްބަރުންގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައެވެ. އެފޯމް ތަކާއި އެކު ޖުމުހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު 20000 އަށް އަރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

“JP Rashudhathuru” Happening Now. F. Nilandhoo pic.twitter.com/Xtu1QiZidO
— JP Secretariat (@JPSecretariat) November 26, 2021
އަލީ ސޯލިހް ވިދާޅުވީ މި ދަތުރުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ޖުމުހޫރީ ޕާޓީއަށް ގުޅޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ.
"މިއަދުވެސް ރާއްޖޭގެ ތިން ސަރަހައްދެއްގަ އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށްދާނެ." ޖުމުހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކާއި ގުޅޭގޮތުން މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އަލީ ސޯލިހް ވިދާޅުވިއެވެ.
މި ދަތުރުގައި ޖުމުހޫރީޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އިތުރަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 15 ކަނބަލުން ބައިވެރިވެއެވެެ.
“JP Rashudhathuru” Happening Now. F. Nilandhoo pic.twitter.com/AyAZr7dAlZ
— JP Secretariat (@JPSecretariat) November 26, 2021
ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްނަންގަވައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި، ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް އެޕާޓީން ވަނީ ފަށާފައިވަނީ މިމަހުގެ އެގާރަވަނަ ދުވަހު ކަމަށް އެޕާޓީން ބުނެ އެވެ.
މި ސިލްސިލާގެ އެންމެ ފުރަތަމަ ދަތުރުގައި ގޮސްފައިވަނީ ކ. ދިއްފުއްޓަށެވެ. އެދަތުރުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖުމުހޫރީ ޕާޓީއަށް ސޮއިކޮށްފައެެވެ. ނިލަންދޫގައި މިއަދު ކުރިއަށް ގެންދާ ހަރަކާތަކީ މިގޮތުން ބޭއްވި ފަސްވަނަ ހަރަކާތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.
ދާދިފަހުން ޖުމުހޫރީ ޕާޓީން ވަނީ އެޕާޓީއާއި ގުޅުނު ގިނަ އަދަދެއްގެ މެމްބަރުންގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައެވެ. އެފޯމް ތަކާއި އެކު ޖުމުހޫރީ ޕާޓީގެ މެމްބަރުންގެ އަދަދު 20000 އަށް އަރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު