އަހުމަދު މަސްނޫމް   26 ނޮވެމްބަރު 2021 - 23:55
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުންނަ ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.

އައިޖީއެމްއެޗްގެ ރިސެޕްޝަން ކައިރީގައި ބަހައްޓައިފައިހުރި، ފަންޑުފޮށި ވަގަށްނެގީ މިއަދު ހެނދުނުގެ ވަގުތެއްގައެެވެ. އެސަރަހައްދުގައި ސީސީޓީވީ ކެމެރާވެސް ހުރެއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރު އައިޖީއެމްއެޗްގައި ހުރި ފަންޑުފޮށި ވަގަށް ނަގައިފައިވާ ކަމަށެވެ. ނަމަވެސް އެ ފަންޑު ފޮށީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަން ލަފާކޮށްލަން ނޭނގޭކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗްގައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި މައްސަލަ މިއަދު 10:45 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު