ރާއްޖޭގެ އިގްތިސާދު ވަރުގަދަވެ ރައްޔިތުންނަށް ތަނަވަސްކަން ލިބެން އިންޑިޔާއިން ނޭދޭނެ ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެެވެ.

ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ، ރައީސް ޔާމިންގެ ސަރުކާރުގައި ޗައިނާއިން މާލެއާއި ހުޅުމާލެއާއި ދެމެދު އެޅި ބްރިޖާއެކު އެގައުމުން އޮތީ ރާއްޖޭގެ ވިޔަފާރި ފުޅާކޮށްދޭން ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ގާތް ގުޅުމެއް ބާއްވާ އަވައްޓެރި އިންޑިޔާއިން އޭގެ ތެރެއަށް ވަދެ ވިޔަފާރި ފުޅާކުރުމަށް ހުރި ފުރުސަތުތަކަށް ހުރަސް އަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.



"އިންޑިއާއިން ބޭނުމެއް ނުވާނެ، ރާއްޖޭގެ އިގްތިސާދު ވަރުގަދަވެ ރައްޔިތުން ތަނަވަސްވާކަށެއް." ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޗައިނާއިން ގާތްގުޅުމެއް ބޭއްވި ނަމަވެސް މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިޔާއެކުއެވެ. އިންޑިޔާގެ އެހީގައި ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތައް މިހާރު ހިންގަމުންދާއިރު، ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ވެސް އިންޑިއާއިންނެވެ. އިންޑިޔާއިން ރާއްޖެއަށް ދޭ އެހީތެރިކަމުގެ ބަދަލުގައި ސަރުކާރާއެކު އަޑިނޭގޭ ސިއްރު އެއްބަސްވުންތަކެއް ހަދަމުންދާކަން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެެ.



ކިޔުންތެރިންގެ ހިޔާލު


15

ޏިލް

01-Dec-2021

ޥަރައްބޮޑުބތެދުފުޅެއް