މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ޓެލެތޯނެއް ހިންގަން ނިންމާފައިވާކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސް ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް ރީތިކުރުމަށް ސިޓީ ކައުންސިލުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އަދި މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވިޔަސް، އެތަންތަން މަރާމާތު ކުރަން ބޭނުންވާ ބަޖެޓް ސަރުކާރުން ހަމަޖައްސާފައިނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވިޔަފާރިވެރިންނަށް ދައުވަތުދީގެން އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން އިންވެސްޓް ފޯރަމް ސްޓައިލަށް މިސްކިތްތައް މަރާމާތުކުރުމުގެ ފޯރަމެއް ބޭއްވުމަށް، ކައުންސިލުން މިހާރު ފާސްކޮށްފައިވާކަމަށެވެ. އެގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހު ސަލްޓަން ޕާކްގައި ފަށަން ހަމަޖެހިފައިވާ އެ ފޯރަމްގައި ކޮންމެ މިސްކިތަކަށް ސްޓޯލެއް ހަދާނެކަމަށާއި އަދި ކޮންމެ ސްޓޯލަކުންވެސް އެ މިސްކިތެއްގައި ކުރަންހުރި މަރާމާތުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެހީތެރިވާން ބޭނުންވާ ބޭފުޅުން ފައިސާއިންވިޔަސް ތަކެތި ފޯރުކޮށްދީގެންވެސް އެހީތެރިވެވޭނޭކަމަށެވެ. އަދި ޓީވީތަކުގެ އެހީގައި ޓެލެތޯނެއްގެ ގޮތުގައި އެ ފޯރަމް ކުރިއަށްގެންދަން ރާވާފައިވާއިރު ހުރިހާ ވިޔަފާރިވެރިން އެކަމަށް އެއްބާރުލުން ދިނުމަށް މޭޔަރު ވަނީ އެދިވަޑައިގެން ފައެވެ.
މުއިއްޒު ވިދާޅުވީ އަންނަ ރޯދަމަހަށްމާލޭ ސިޓީގައި ހުރި 42 މިސްކިތް އެއްކޮށް މަރާމާތުކޮށް ނިންމާލުމަކީ ސިޓީ ކައުންސިލުގެ އަމާޒެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު